"ބަހާރަތު' ގެ ހަތަރުވަނަ ޕޯސްޓަރު އާއްމުކޮށްފި

އީދު ދުވަހު ނެރުމަށް ތައްޔާރު ވަމުން އަންނަ ފިލްމު، 'ބަހާރަތު' ގެ ހަތަރުވަނަ ޕޯސްޓަރު އާއްމުކޮށްފިއެވެ. މިއަދު އާއްމުކުރި ޕޯސްޓަރުގައި ސަލްމާން ފެންނަނީ ކަނޑުމަތީ ސިފައިންގެ ޔުނިފޯމުގައެވެ. މީގެ ކުރިން ސަލްމާން ވަނީ ފިލްމުގެ ތިން ޕޯސްޓަރެއް އާއްމުކޮށްފައެވެ. އެއީ އޭނާ ފިލްމުން ފެނިގެންދާނެ ތިން ގޮތެވެ.

'ބަހާރަތު' ގައި ސަލްމާނު އެކި އުމުރުފުރާގައި އެކި ރޯލުތަކުން ފެނިގެންދާނެއެވެ. ބެލުންތެރީންނަށް 'ބަހާރާތު' ފުރަތަމަ ތައާރަފްކޮށްފައިވަނީ 1960ގެ އަހަރުތަކުގެ މަންޒަރެކެވެ. މި ފިލްމުގެ ވާހަކައިގެ ޓައިމްލައިން ތަރުތީބުކުރެވިފައިވަނީ 1960ން ފެށިގެން މިިހާރާއި ހަމައަށެވެ.  

View this post on Instagram

Intense #salmankhan in a still from #Bharat

A post shared by Manav Manglani (@manav.manglani) on

މިއަދު އާއްމު ކުރި ޕޯސްޓަރުގައި ވަނީ ސަލްމާން އާއި ކަޓްރީނާ ފުރަތަމަ ބައްދަލުވިތާ 15އަހަރު ފަހުގެ މަންޒަރެކެވެ. މި ޕޯސްޓަރު ޝެއަރ ކުރަމުން ސަލްމާން ލިޔެފފައިވަނީ "އަހަރެންގެ ފަސްގަނޑު އަހަރެންގެ ގައުމު" މިހެންނެވެ. މި ޕޯސްޓަރުން ހާމަވަނީ ހަތިޔާރު އެޅި ބައެއްގެ ކިބައިން ގައުމު ސަލާމަތްކުރަން މިޝަން އެއްގައި ސަލްމާން އުޅޭ މަންޒަރެވެ.  

'ބަހާރާތު' ފުރަތަމަ ޕޯސްޓަރު، 1964:

ދެވަނަ ޕޯސްޓަރު، 1970:

ތިންވަނަ ޕޯސްޓަރު، 2010:  

ހަތަރުވަނަ ޕޯސްޓަރު، 1985: 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.