ފާރިސްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގާރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން 4 މަހާއި 24 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ކުރައްވައިފައިވާ ހުކުމް ފާރިސްގެ ފަރާތްޕުޅުން ހައިކޯޓުގައިވަނީ އިސްތިސްނާ ކުރައްވައިފައެވެ.

އެ މައްސަލައިގެން ހުރިހާ އަޑުއެހުމެއް ހައިކޯޓުން މިހާރުވަނީ ނިންމައިފައެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށްވަނީ ތާވަލް ކުރައްވައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ އަޑުއެހުމަކީ އެ މައްސަކައިގެ ހުކުމް ކުރެއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލްކޯޓުން ހުކުމް ކުރެއްވީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ދައުލަތުން އުފުލި ޝަޚުސު އޮޅުވާލުމުގެ ދައުވާ ސާބިތުވުމުންނެވެ.

މި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ފާރީސް ވަނީ ކޯޓުގައި ސާޅީސް ހާސް ރުފިޔާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން މިނިވަން ކުރައްވައިފައެވެ. ފަރިސްގެ މައްޗަށް ވަނީ ރިޝްވަތާއި ޓެރެރިޒަމްގެ ދައުވާ ވެސް އުފުލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.