ކޯލިޝަން ރޫޅި ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ވިޔަނުދޭނަން: ޑރ. ޖަމީލް

ކޯލިޝަން ރޫޅި ރައްޔިތުންގެ އިތުބާރު ގެއްލިދާނެފަދަ އެއްވެސް ކަމެއް ވިޔަ ނުދެއްވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެއަށް ވަޑައިގެން އާފާތިހަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ ވަޑައިގެންނެވީ ވަރަށް ފޮނި އުންމީދުތަކާއެކު ކަމަށެވެ. އެ އުންމީދުތައް ރައްޔިތުންނަށް ހާސިލްކޮށްދިނުމަށްޓަކައި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ކުރިން ކުރައްވަންޖެހިވަޑައިގެންނެވި ހިތި ތަޖުރިބާ މިފަހަރު ކުރައްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމަނިކުފާނު އެ ވިދާޅުވަނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރު ރޫޅިގެން ދިޔަގޮތަށް މި ފަހަރުގެ ސަރުކާރު ރޫޅިގެން ނުދާނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ވާހަކައެވެ. އެގޮތަށް ވެއްޖެ ކަމަށްވާނަމަ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ކޯލިޝަން ރޫޅުނަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތް ކުރާނަން. އިރާދަ ކުރެއްވިއްޔާ ކޯލިޝަން ރޫޅިގެން ނުދާނެ. އެކަމަށް ވަރަށްބޮޑަށް މަސައްކަތް ކުރާނަން. ކުރީގެ ތަޖުރިބާއަށް ބަލާއިރު ކޯލިޝަން ރޫޅިއްޖެނަމަ ރައްޔިތުންގެ އިތުބާރު ގެއްލިގެން ހިނގައިދާނެ. އެކަން އެގޮތަށް ވިޔަނުދިނުމަށް ހުރިހާ މަސައްކަތްތަކެއް ކުރާނަން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލީޝަނަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވިފައިވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން ގިނަ ވައުދުތަކެއްވެސް ރައްޔިތުންނަށް ވެގެން ކަމަށްވާތީ ރައްޔިތުންނަށްޓަކައި އެކަންކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ކުރައްވަންޖެހިވަޑައިގެންނެވި ހިތި ތަޖުރިބާ މިފަހަރު ކުރައްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމަނިކުފާނު އެ ވިދާޅުވަނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރު ރޫޅިގެން ދިޔަގޮތަށް މި ފަހަރުގެ ސަރުކާރު ރޫޅިގެން ނުދާނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ވާހަކައެވެ. އެގޮތަށް ވެއްޖެ ކަމަށްވާނަމަ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
    އަންނި އަތްދަށުން ދިވެހިރާއްޖެ މިނިވަން ވެދާނެ ކަމަކަށް ނުފެނޭ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.