އިނގިރޭސިވިލާތުގެ ޚާއްޞަ މަންދޫބު ފޮރިން މިނިސްޓަރ އާއި މަޖިލީހުގެ ރައީސް އާއި ބައްދަލުކުރައްވިފި

އިނގިރޭސިވިލާތުގެ ފޮރީން އެންޑް ކޮމަންވެލްތް މިނިސްޓަރ ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް މާކް ފީލްޑް ފޮރީން މިނިސްޓަރ ޑރ. މުޙައްމަދް އާސިމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދް އާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން ތަކުގައި އޮމާން ކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދަވަން ބާރު އެޅުއްވި ކަމަށާއި އަދި މަޖިލިސް ކުރިއަށް ގެންދެވުމަށް ބާރު އެޅުއްވި ކަމަށް މާކް ފީލްޑް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މި ދަރުތުފުޅަކީ ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންޠިޚާބު އިދިކޮޅުން ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރްހަބާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އިނގިރޭސީ ވިޅާތުގެ ފޮރީން އޮފީހުން ނެރުއްވި ނޫސް ބަޔާނެއްގައި ވެއެވެ. އެގޮތުން މާކް ފީލްޑް ވަނީ މިއަދު ޕްރެޒިޑެންޓް އިލެކްޓް އިބްރާހިމް މުޙައްމަދް ޞާލިޙް އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ އިންސާނީ ޙައްގާއި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ރާއްޖެ އާއެކު މަސައްކަތް ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވުނެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.