ނަޝީދަށް އިންތިޚާބުގައި ފުރުސަތު ދިނުމަކީ އަދުލު އިންސާފު ވަޅުލުން: ޑރ. ޚަލީލް

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ "ބޮޑު މުޖުރިމަކަށް" ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ފުރުސަތު ދިނުމަކީ ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމް ކަފުންކޮށް ވަޅުލުންފަދަ ނުރައްކާތެރި ކަމެއް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އިމްތިޚާބުގައި ވާދާ ކުރުމުގެ ފުރުސަތު ދެއްވުމަކީ ހަމަހަމަ ކަންނެތި އެހެން ދިވެހިރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންފަދަ ކަމެއް ކަމަށެވެ. ދިވެހި ރައްޔިތުންވަނީ ރައީސް ނަޝީދަށް ނޫނެކޭ ބުނެފައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ނަޝީދު ފަދަ ބޮޑު މުޖުރިމަކަށް އިންތިޚާބުގައި ވާދަކުރަން ފުރުސަތު ދިނުމަކީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ކަފުން ކޮށްފައި ވަޅުލުންފަދަ ނުރައްކާތެރި ކަމެއް. ހަމަހަމަކަންނެތި އެހެން ދިވެހިރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންފަދަ ކަމެއް. ނަޝީދަށް ރައްޔިތުން ނޫނެކޭ ބުނެފި،" އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. ޚަލީލް މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ގެއްލިފައިވާ ހައްގުތައް އިޔާދާ ކުރުމަށްފަހު ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބައިވެރިވެ ވަޑައިގެންނެވޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީން ނިންމެވުން އެއަށް ރައްދު ދެއްވައެވެ.

ދިވެހި ސަރުކާރުންވަނީ އެ ނިންމެވުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވެސް ވަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއްނެތް ކަމަށް ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ރައީސް ނަޝީދަށް ކޮށްފައިވާ 13 އަހަރުގެ ހުކުމާ މެދު ރާއްޖޭގެ ގިނަ ރައްޔިތުން އިންސާފުވެރި ހުކުމެއް ކަމަކަށް ނުދެކެއެވެ. ދެން ޚަލީލް ތިޔަ ވިދާޅުވާ ވާހަކަފުޅު ގަބޫލުކުރާ މަދު ބަޔަކު ތިއްބަސް އިންސާފުވެރިގޮތެއްކަމަށް ނުބެލެވެއެވެ. އަނިޔާވެރިވުން ހުއްޓަވާލައްވާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.