އިބްރާހިމް މުޙައްމަދް ޞާލިޙް އަކީ އަހަރެންގެ ޑްރީމް ޕްރެޒިޑެންޓް: އަލްހާން ފަހްމީ

އިންޠިޚާބީ ރައީސް އަކީ އަލްހާންގެ ހުވަފެނީ ރައީސް ކަމަށް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ. އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުން ފެށިގެން އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ އަލްހާންގެ ޑްރީމް ޕްރެޒިޑެންޓް ކަމުގައެވެ. އަދި މި ހުވަފެން ހަގީގަތަކަށް ހަދަން އޭނާ އެހީތެރިވެ ވަޑައިގެންނެވި ކަމަށްވެސް އަލްހާން ގެ ޓުވީޓުގައި ވެއެވެ.

އަދި ރައީސް މުޙައްމަދް ނަޝީދު އިސްތިއުފާ ދެއްވުމުން އިބްރާހިމް މުޙައްމަދް ޞާލިޙް އަކީ އޭނާގެ ހޮވުން (ޗޮއިސް) ކަމުގައި ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަލްހާން ވަނީ ހުރިހާ ގޮތަކުން ވެސް އިބްރާޙިމް މުޙައްމަދް ޞާލިޙް އަށް އެއްބާރުލުން ދެއވާނެ ކަމަށް ވިދާޅުވެފައެވެ.

އިންޠިޚާބީ ރައީސަށް ތާއީދު ކުރައްވައި އަލްހާން މިއަދު ޓުވީޓު ކުރެއްވި އިރު އޭނާ ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 7ވަނަ ދުވަހު ޕީޕީއެމް އަށް ސޮއެ ކުރައްވާފައެވެ. އަދި ޕީޕީއެމްގެ ކެމްޕޭން ރެލީ ތަކުގައްޔާއި ޓީވީ ޕްރޮގްރާމް ތަކުގައި އަދި ޓުވިޓަރގައި އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.