ޕީޕީއެމް ގެ ގައުމީ ޖަލްސާ ބާއްވަން އުޅެނީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް: ޔުމްނާ މައުމޫން

ޕީޕީއެމްގެ ގައުމި ޖަލްސާ ބާއްވަން މަސައްކަތް ކުރަނީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފަށް ކަމަށް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ޔުމްނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާ ބާއްވަން މަސައްކަތް ކުރަނީ ޕާޓީގެ ރައީސް އަލްއުސްތާޒް މައުމުން ޢަބްދުލް ޤަައްޔޫމް އާއި މުއައްސިސް ފާރިސް މައުމޫން ސިޔާސީ ބޭނުމަށް ހައްޔަރުކޮށް ހުކުމްކޮށް ޖަލުގައި ބައިތިއްބާފައި، ޕީޕީއެމްގެ އަސާސީ ގަވައިދާ މުޅީން ޚިލާފަށެވެ.

ޕީޕީއެމްގެ ޚާއްޞަ ކޮންގްރެސް އެއް އޮންނާނެ ކަމަށް އެޕާޓީން ވަނީ އަންގަރަ ދުވަހު އިއުލާން ކޮށްފައެވެ. މި ނިންމުމާ ގުޅިގެން ޔުމްނާ މައުމޫން ވަނީ ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި ޔުމްނާގެ ފިރިކަލުން ނަދީމް ވަނީ ހުކުރު ދުވަހު ބާއްވަން އުޅޭ ޖަލްސާ ހުއްޓުވައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ސިޓީ އެއް ފޮނުވާފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.