އައްޑޫ ގުޅިފައިވާ އަވަށްތަކުން އިބޫއަށް ހޫނު މަރުބާއެއް ދަންނަވައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް އައްޑޫސިޓީ ގުޅިފައިވާ އަވަށްޓަކަށް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނު ފޭދޫ ބަނދަރަށް ފައިބައިވަޑައިގެންނެވި އިރު އެމްޑީޕީއަށާއި ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރައްވާ ގިނައަދަދެއްގެ މީހުން އެއްވެ ތިބިއެވެ.

އިބޫ މިހާރުވެސް ގެންދަވަނީ އެއްވެފައިވާ މީސްތަކުންނާ ސަލާމް ކުރައްވަމުންނެވެ.

އަންނަ އާދީއްތަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކެމްޕޭން ދަތުރުތައް ނިންމާލެއްވުމުގެ ގޮތުން އެމަނިކުފާނު މިވަޑައިގެންނެވީ އައްޑުއަށާއި  ފުވައްމުލަކަށެވެ. ރޭ ފުވައްމުލަކުގައިވަނީ ބޮޑު ޖަލްސާއެއް ބާއްވައިފައެވެ. މިރޭ އައްޑޫގައިވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އިބޫގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޕާޓީތަކގެ އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައި ގަންނަވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.