އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ގެންގުޅޭ ޖަޒީރާ ކޮންސެޕްޓަކީ މީހުންނަށް ބިރުވެރިކަމާއި ނާމާންކަން ގެނައުން ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީ ހިތަދޫ ސްޓޭޖު ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.