ރައީސް ޔާމީނަކީ ކުރިމަގު ބައްޓަން ކޮށްދެއްވާނޭ ލީޑަރެއް: ތާރިގު

ދިވެހިރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުނެވީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ގައުމުގެ ކުރިމަގު ބައްޓަން ކޮށްދެއްވާނޭ ލީޑަރެއް ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ހޯރަށީގައި ސާފު ބޯފެނުގެ ނިޒާމް އިފްތިހު ކޮށްދެއްވުމަށް ބުރާސްފަތި ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ އެންމެ 4 އަހަރުދުވަސް ފާއިތުވެގެންދިޔަ އިރު ހޯރަފުށީގައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަވާދެއްވާފައި. ނަރުދަމާގެ މަޝްރޫޢު ވަނީ ނިމިފައި. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސް ނިމެނީ. ރައްޔިތުންނަށް ސާފު ބޯފެން ދިނުމުގެ މަޝްރޫޢު މިހިރަގެން ކުރިއަށްދަނީ." ވަޒީރު ވިދާޅުވިއެވެ. މިސަބަބުތަކަށްޓަކައި ރައީސް ޔާމީނަކީ ކުރިމަގު ބައްޓަން ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއްކަން ހޯރަފުށީގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުވެސް ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ ހޯރަފުއްޓަށް ސާފު ފެން ދިނުމުގެ މަޝްރޫއުގެ އިއްޔެ ފަށައި މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.