މަޅުމަތި: ބަދަހި ގުޅުން

އަހަރެންގެ ބައްޕަ މީހަކާ އިނދެފިއެވެ.

ދަރިން އެއްކޮށްފައި ބުނެފިއެވެ.

ދަރިންނޭވެ!

ކަލޭމެންގެ މަންމަ ވަރި ކުރިޔަސް މި އަންހެން މީހާ ވަރިއެއް ނުކުރާނަމެވެ.

ދަރިން އުފަލުން އަތްތިލަބަޑި ޖަހަމުން ނަށައިގެންފިއެވެ.

މަސް ދުވަސް ނުވެ އެމީހާ ވަރި ކޮށްފައި އެހެން މީހަކާ އިނދެފިއެވެ.

ދަރިން އެއްކޮށްފައި ބުނެފިއެވެ.

ދަރިންނޭވެ!

އިހަށް އިން މީހާ ވަރި ކުރިޔަސް މި އަންހެން މީހާ ވަރިއެއް ނުކުރާނަމެވެ.

ދަރިން އުފަލުން އަތްތިލަބަޑި ޖަހަމުން ނަށައިގެންފިއެވެ.

ފޮއި ދުވަސްވީތަނާ އެ މީހާ ވަރިކޮށްފިއެވެ.

އަނެއްކާވެސް އެހެން މީހަކާ އިނދެގެން އަތުވެއްޖެއެވެ.

ދަރިން އެއްކޮށްފައި ބުނެފިއެވެ.

ދަރިންނޭވެ!

ތިން މީހުން ވަރި ކުރިޔަސް މި އަންހެން މީހާ ވަރިއެއް ނުކުރާނަމެވެ.

މި ފަހަރު މިއީ މާ ވަރުގަދަ ގުޅުމެކެވެ.

ދަރިން އުފަލުން އަތްތިލަބަޑި ޖަހަމުން ނަށައިގެންފިއެވެ.

އަހަރެންގެ ހިތަށް އެރިއެވެ.

ދަރިންގެ ހަނދާނަށް ވެފައި މިވަނީ ކީއްބާވައެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.