މަޅުމަތި: ރަށަށްދޭ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިއްޖެއެވެ.
މިއަދު އޮތީ ޚާއްސަ މައްސަލައެކެވެ.
ކޮވިޑް އޮނަވިއްސާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގެ މައްސަލައެވެ.
މެންބަރަކު ހުށަހެޅުއްވިއެވެ.
މާލޭގައި ގިނައީ ރާއްޖެތެރޭ މީހުންނެވެ.
އެމީހުން މާލޭގައި ދިރިއުޅެނީ ކުއްޔަށެވެ.
މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ކުލި ދެއްކުމަކީ އެމީހުންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.
އެހެންވީމާ އެމީހުންނަށް އޮތް އެންމެ ފަސޭހަ ގޮތަކީ ރަށަށް ދިއުމެވެ.
މާލޭގައި އަދާކުރާ ވަޒީފާ ދޫކޮށްފައި ގޮސް އަމިއްލަ ވަޒަނުގައި ދިރިއުޅުމެވެ.
ގިނަ މެންބަރުން މި ހުށަހެޅުމަށް ތާއީދު ކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސްވެސް ތާއީދު ކުރައްވައިފިއެވެ.
ރައީސް ވިދާޅުވިއެވެ.
މިއީ ދެރަ ކަމެކެވެ.
އެކަމަކު ކުރިމަގުގެ ރައްކަލަކަށްޓަކައި ހިތިބޭސް ބުއިމަކީވެސް ކުރާން ޖެހޭ ކަމެކެވެ.

ރާއްޖެތެރޭ އެންމެން ރަށްރަށަށް ފޮނުވައިލާން މަޖިލީހުން ފާސްކޮށްފިއެވެ.
މީސްމީހުން ފުރަފުރައިގެން ރަށަށް ދާން ފަށައިފިއެވެ.
އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލައިފައެވެ.

ކޮވިޑް އޮނަވިހީގެ ވަބާ މުޅި ދުނިޔެއިން ފިލައިފިއެވެ.
ﷲ ގެ ރަޙްމަތްފުޅުން ރާއްޖެ ވަބާއިން ސަލާމަތް ކުރައްވައިފިއެވެ.
ދިރިއުޅުން އާއްމު ހާލަތަށް ބަދަލުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށިއްޖެއެވެ.
މިއަދުގެ ޖަލްސާގައި އޮތީ ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އަޅުވާނޭ ގޮތަކާމެދު ވާހަކަ ދެއްކުމެވެ.
ޖަލްސާ ފެށިއްޖެއެވެ.
ކޯރަމް ހަމައެއް ނުވިއެވެ.
މުޅި އެކު ތިއްބެވީ ސާދަ މެންބަރުންނެވެ.
ރައީސް އަމީންޢާއްމާ ސުވާލު ކުރެއްވިއެވެ.
އެހެން މެންބަރުން ކޮބައިތޯއެވެ؟
އަމީންޢާއްމު ވިދާޅުވިއެވެ.

ވަޒީފާ ދޫކޮށްލައްވައިފައި އެބޭފުޅެއްގެ ރަށަށް އެބޭފުޅަކު ވަޑައިގެންފިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.