ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ކަރިނާ ކަޕޫރް ޚާން އާއި ޝަރްމީލާ ޓެގޯރްގެ މަސައްކަތާއި ސްޓައިލުން ގިނަ ބައެއްގެ ހިތް އަތުލާފައިވާ ދެ ތަރީންނެވެ. މި ދެތަރީންނާ އެކު ކަރިޝްމާ ކަޕޫރް އާއި ކަރީނާ ކަޕޫރް މިވަނީ ފޮޓޯ ޝޫޓެއްގައި ބައިވެރިވެފައެވެ.
ކަރީނާ އާއި އޭނާގެ މައިދައިތަ ޝަރްމީލާ ޓެގޯރް އަދި ދައްތަ ކަރިޝްމާ ކަޕޫރް އާއި ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ޚާން އިއްޔެ ލަކްސް އިންޑިއާ އާއެކު ކުރިއަށް ދިޔަ ފޮޓޯ ޝޫޓެއްގެ ހަވާސާގައި ނަގާފައިވާ ފޮޓޯތަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. ޝާހް ރުކް އާއި ކަރިޝްމާ ވަނީ ބައެއް ފޮޓޯތައް އިންސްޓެގްރާމްގައި ޝެއަރކޮށްފައެވެ. ޝާހް ރުކް ޝެއަރކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވާ ގޮތުގައި މި ތަރީންނާއެކު އޭނާ ހޭދަކރުީ ވަރަށް އުފާވެރި ހަވީރެކެވެ.
ކަރިޝްމާ ވަނީ ދެ ފޮޓޯއެއް ޝެއަރކޮށްފައެވެ. އެއީ އޭނާގެ ކޮއްކޮ އާއެކު ނަގާފައިވާ ފޮޓޯ އަކާއި ހަތަރު ތަރީން އެކުގައި ނަގާފައިވާ ފޮޓޯ އެކެވެ.
މި ފޮޓޯ ޝޫޓްގައި ކަރީނާ، ކަރިޝްމާ އަދި ޝަރްމީލާ ޓެގޯރް ލައިގެންތިބީ ރަންކުލައިގެ ހެދުމެވެ. ޝާހް ރުކް ޚާން ހުރީ ކަޅު ޓަކްސީޑޯ އެއް ލައިގެންނެވެ.
ސައިބޯނީގެ މަޝްހޜު ބްރޭންޑް ލަކްސްގެ ގިނަ އިޝްތިހާރު ތަކަކުން ޝަހް ރުކް ފެނިގެންގޮސްފައިވެއެވެ. ޖޫހީ ޗަވްލާ އާއި ހެމާ މާލިނީ އާއި ސްރީ ދޭވީ އަދި ކަރީނާ ކަޕޫރް އާ އެކު ލަކްސްގެ 75ވަނަ އަހަރީ ކެމްޕޭނުގައި ޝާހް ރުކް ޚާން ފީޗަރކޮށްފައެވެ.