ޕާލޯ ކޮއެލޯ ގެ 'ހިޕީ'ގެ ފުރަތަމަ ކޮޕީ ޝާހް ރުކް ޚާން އަށް

ޕާލޯ ކޮއެލޯ އާއި ބޮލީވުޑްގެ ސުޕަރސްޓަރ ޝާހް ރުކް ޚާން އާއި ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އެކަކު އަނަކެއްގެ މަސައްކަތަށް ތައުރީފު ކުރާތަން ފެނެއެވެ. މި ދެ ފަންނާނުންގެ ގަތްކަން ސޯޝަލްމީޑިއާއިން ވެސް ދޭތެރެ ދޭތެރެއިން ފެނެއެވެ. އަނެއްކާވެސް ސޯޝަލްމީޑިއާއިން މިފަދަ އިޝާރާތެއް މިވަނީ ފެނިފައެވެ.

މިފަހަރު ޕާލޯ މިވަނީ ޝާހްރުކް އަށްޓަކައި ޚާއްޞަ ހަދިޔާއެއް ފޮނުވާފައެވެ. ޕާލޯގެ ފޮތް 'ހިޕީ'ގެ ޕެންގުއިން އެޑިޝަން އިންޑިއާގެ ފުރަތަމަ ކޮޕީ ޝާހް ރުކަށް ފޮނުވާފައެވެ.

މި އިޝާރާތާ އެކު ޝާހްރުކް ވަނީ އެޕޯސްޓަށް ޖަވާބު ދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެފޮތް ލިބޭތީ އޭނާ އެދުވަހު މަސައްކަތަށް ނުގޮސް ގޭގައި މަޑުކުރީއެވެ. އަދި އޭނާވަނީ ޕާލޯ އަށް ޝުކުރު އަދާކޮށްފައެވެ.

ޕާލޯ ވަނީ މީގެ ކުރީން ޝާހް ރުކް ޚާންގެ 'މައި ނޭމް އިޒް ޚާން' ގައި އޯޓިސްޓިކް މީހެއްގެ ރޯލު ކުޅެފައިވާ ލެއް ފުރިހަމަ ކަމުން އޭނާއަށް އޮސްކަރ ހައްގުވާ ކަމަށް ބުނެ ޓުވީޓު ކޮށްފައެވެ.

ޕާލޯ އަކީ ބްރެޒިލް އަށް އުފަން މަޝްހުރު ލިޔުންތެރިއެކެވެ. އޭނާގެ އެންމެ މަގްބޫލު ފޮތް ތަކުގެ ތެރޭގައި 'އަލް ކެމިސްޓް' އާއި 'ދަ ސްޕައި' ހިމެނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.