ފީޗަރ ފިލްމާ އެކުވެސް ކުރު ފިލްމު އުފެއްދޭނެ: ޝާބާނާ އަޒްމީ

ދިގު މުއްދަތަކަށް ފަހު ޝަބާނާ އަޒްމީ ފާރްސީ ކެރެކްޓަރ އަކުން ވަރަށް އަވަހަށް ފެންނާނެއެވެ. މިއީ ދިހަވަރަކަށް އަހަރަށްފަހު ޝަބާނާ ކުރު ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. މީގެ 13 އަހަރު ކުރީން ޝަބާނާ މަސައްކަތް ކުރި ކުރު ފިލްމަކީ 'ވޯޓަރބޯން' އެވެ.

ކުރު ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝަބާނާ ބުނެފައިވަނީ ކުރި ފިލްމާއި ފީޗަރ ފިލްމުތަކުގެ މެދުގައި ވާދަވެރިކަން އޮންނާކަށް ނުޖެހެއެވެ. ކުރި ފިލްމަކީ ކުރު ޓައިމްފްރޭމަަކަށް ވާހަކައެއް ފައްތައި ފިލްމެއް އުފެއްދުމެވެ. އަދި އެއީ ގިނަ ފިލްމުތައް އުފައްދައި އޯޑިއަންސަށް ހުށަހަޅަން ރަނގަޅު މީޑިއަމެކެވެ.

ޝަބާނާގެ ކުރިއަށް އޮތް ކުރު ފިލްމަކީ އޭނާގެ ހަޔާތުގެ ވާހަކައިން އެންމެ ދުވަހެއްގެ މައްޗަށް ބިނާކޮށް އުފައްދާ ވާހަކައެކެވެ. ފިލްމުގައި އޭނާ ކުޅެނީ އުމުރުން 60 އަހަރުވެފައިވާ ފާރްސީ، ހުވަފަތް އަންހެނެއްގެ ރޯލެވެ. ދުވަސްވެފައިވާ އެމީހާ ދިރިއުޅުން ތަހައްމަލު ކުރަމުންދާ ގޮތުގެ ވާހަކައެވެ.

އެހެން ފިލްމުތަކާ އަޅާބަލާއިރު މި ފިލްމުން ޝަބާނާ ފެންނަ ގޮތް ތަފާތުވާނެއެވެ. ފިލްމު ޝޫޓް ކުރަމުން ދިޔައިރު ސެޓުގައި ފާރްސީ އަންހެނަކު ހުރެއެވެ. ފިލްމަށްތަކައި ޝަބާނާ ވަނީ މި އަންހެން މީހާ ނަކަލުކޮށްފައެވެ. އޭނާ ވަނީ އަމިއްލައަށް ފިހާރަތަކަށް ގޮސް ފާރްސީ ގޮތްގަނޑު ގެންނާން ހެދުމާއި އެހެނިހެން ސާމާނު ގަނެފައެވެ. 1988ވަނަ އަހަރު ނެރެފައިވާ 'ޕެސްޓޯންޖީ' ގައި ވެސް ޝަބާނާ ވަނީ ފާރްސީ މީހެއްގެ ރޯލު ކުޅެފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.