ޕަރިނީތީ ޗޯޕްޅާ ރާއްޖޭގައި

ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ މިއަދު ރާއްޖެ އައިސްފިއެވެ. އެނާ ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޕަރިނީތީ މިއަދު ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯ އެއް އިންސްޓެގްރާމްގައި ޝެއަރކޮށްފައެވެ. އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ ސްކޫބާ ޑައިވިން ފިޔަވައި އިތުރު ކަމެއް ނެތް ކަމަށާއި ކުރިއަށް އޮތް 3 ދުވަހުގެ ޕްލޭން އަކީ އެއީ ކަމުގައެވެ.

 

ޕަރިނީތީ ރާއްޖެ އައީ ޗުއްޓީ ހޭދަކުރުމަށް ކަމެއް ނުވަތަ އެޑް ޝޫޓެއްގައި ކަމެއް ސާފެއް ނުވެއެވެ. ބޮލީވުޑްގެ ބައެއް ޚަބަރުތައް ބުނާގޮތުން އޭނާ ރޭ މުމްބާއީ އިން ފުރީ ޗުއްޓީ ދަތުރެއްގައެވެ. އޭނާ ހުރީ އަރިއަތޮޅު ދެކުނުބުރީ ލަކްސް ރިސޯޓުގައެވެ.
ޕަރިނީތީ އަކީ ސްވިމްވެއަރ ބްރޭންޑެއް ކަމުގައިވާ ސްޕީޑޯ ގެ ބްރޭންޑް އެންބެސެޑަރެވެ. އަދި އޮސްޓްރޭލިއާގެ ޓުއަރިޒަމް އެންބެސެޑަރެވެ. އޭގެ އިތުރުން ފަރުތަކުގެ ދިރުމާއި ފަރުތައް ހިމާޔަތް ކުރުމަށްވެސް ޕަރިނީތީ ގިނަ މަސައްކަތް ތަކެއް ކުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.