'މަނިކަރްނިކާ' ޓީޒަރ އަށްފަހު ކަންގަނާ އަށް ތައުރީފު އޮހެނީ

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޖާންސީގެ ލަކްޝްމީބާއީ، ރާނީ ޖާންސީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޓީޒަރ ރިލީޒް ކުރުމާއެކު ފިލްމުގައި ރާނީ ގެ ރޯލު ކުލެފައިވާ ކަންގަނާ އަށް އެތައް ބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ. މިގެ ކުރީން 'ކުއީން' ކުޅެގެން ކުއީންގެ ނަމުން މީޑިއާގައި މަޝްހޫރެ ވެފައިވާ ކަންގަނާގެ ފިލްމުގެ ޓީޒަރ ނެރުމުގެ ކުރީންވެސް ފިލްމު ސެޓުން ބައެއް މަންޒަަރު ތަކުގެ ފޮޓޯތައް ވަނީ އާއްމުކޮށްފައެވެ.

އިއްޔެ އާއްމުކުރި ޓީޒަރ ފެށޭއިރު ވާހަކަ ނެރޭތްކޮށްފައިވަނީ އަމީތާބް ބައްޗަން އެވެ. އިނގިރޭސީން އިންޑިއާ އިސްތިއުމާރު ކުރިއިރު އިންޑިއާ އަކީ ވަރަށް ބޮޑަށް ކުރިއަރަމުން އައި ގައުމެއް ކަމަށް އޭނާ ކިޔައިދެއެވެ. އަދި އިނގިރޭސީންގެ އަތްދަށުން ގައުމު ސަލާމަތްކުރަން މަސައްކަތް ފެށީ މަނިކަރްނިކާ ކަމަށް ބުނެއެވެ. މި ތައާރަފާއެކު މަނިކްރަނިކާ (ކަންގަނާ) އޭނާގެ ގަނޑުވަރަށް ވަންނަ މަންޒަރު ފެނެއެވެ. ފަރިތަކަމާއެކު އަސް ދުއްވާތަން ފެނެއެވެ. ތާކްތުގައި ދަރިފުޅު ގޮވައިގެން އިންނަ މަންޒަރުވެސް ފެނެއެވެ. ކަންގަނާ ފެންނަނީ ފަރިތަކަމާއި ހުށިޔާރު ކަމާއެކު ކަނޑި ގެންގުޅޭ ވަރުގަދަ ކޮމާންޑަރެއްގެ ގޮތުގައެވެ.

ފިލްމުގެ ޓީޒަރ އާއްމު ކުރުމާއެކު ކަންގަނާ އަށް ގިނަބަޔަކު ދަނީ ސޯޝަލްމީޑިއާގައި ތައުރީފު ކުރަމުންނެވެ. މި ފިލްމުގެ ސްކްރިޕްތް ލިޔެފައިވަނީ 'ބަހޫބަލީ' އާއި 'ބާގް މިލްކާ ބާގް' ލިޔުނު ލިޔުންތެރީންނެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ ޖެނުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.