އިންޑިއާ، ޕާކިސްތާނު ސިފައިން އީދު ހަދިޔާ ބަދަލުކޮށްފި

އިންޑިއާއާއި ޕާކިސްތާނުގެ ސިފައިން އީދު ހަދިޔާ ބަދަލުކުރަނީ

އަބަދުވެސް އަޑުއިވެނީ އިންޑިއާއާއި ޕާކިސްތާނު ސިފައިން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ބަދަލުކުރާ ވާހަކައެވެ. އެހެންނަމަވެސް، މިފަހަަރު އިވުނީ ދެފަރާތުގެ ސިފައިން އެެހެން އެއްޗެއް ބަދަލުކުރި ވާހަކައެވެ.

ދެގައުމުގެ ދެމެދުގައި މައްސަލަޖެހިފައިވާ ކަޝްމީރުގައި ދެގައުމުގެ ދަށުގައި މިހާރު އޮތް ބައި ވަކިކުރާ ވަގުތީ ސަަރަހައްދީ ރޮނގު، ލައިން އޮފް ކޮންޓްރޯލްގެ ދެފަރާތުގައި ތިބި ސިފައިން ވަނީ އިއްޔެ އީދު ހަދިޔާ ބަދަލުކޮށްފައެވެ. ދެގައުމުގައިވެސް އިއްޔެ އަޟްޙާ އީދު ފަހާގަކުރި އިރު، އިއްޔެ ދެ ފަރާތުގެ ސިފައިން އެއްބަޔަކު އަނެއް ބަޔަކަށް ފޮނިކާތަކެތި ބަދަލުކޮށްފައި ވެއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބުނީ ޕާކިސްތާނުގެ ރޭންޖާސްއާއި އިންޑިއާގެ ބޯޑާ ސެކިރިޓީ ފޯސްގެ ސިފައިން ވަނީ ބުދަ އަޟްޙާ އީދުގެ މުނާސަބަތުގައި ބުދަދުވަހު ލައިން އޮފް ކޮންޓްރޯލްގެ ޕޫންޗް ސަރަހައްދުގައި ހުންނަ ކަޗަން ދާ ބާޣުޔ ކްރޮސިންގ ޕޮއިންޓުގައި ފޮނިކާތަކެތި ބަދަލުކޮށްފައެވެ.  

"ފޮނި ކާތަކެތި ބަދަލުކުރުމަކީ ދެގައުމުންވެސް މަރުހަބާކީ ކަމެއް. މިކަމުގެ ސަބަބުން ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ. އެއީ މިކަމުން އީދުގެ ހަގީގީ ރޫހު ކަމުގައިވާ، މަސަލަަސްކަމާއި، އޯގާތެރިކަން ފެނިގެންދާތީ." ތަރުޖަމާނު ބުންޏެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.