ޝާހް ރުކް ޚާން ބޮލީވުޑްގައި 26 އަހަރު

ފޮޓޯ؛ ޝާހް ރުކް ޚާންގެ އިނސްޓެގްރާމް އިން

މިއަދަކީ ސުޕަރސްޓަރ ޝާހް ރުކް ޚާން ބޮލީވުޑްއާއި ގުޅުނުތާ 26 އަހަރު ފުރޭ ދުވަހެވެ. މި މުނާސަބާ އާ ގުޅުވައިގެން އޭނާ ވަނީ އޭނާގެ ފޭނުންނަށް ޓްވިޓަރ މެދުވެރިކޮށް ހިތްގައިމު މެސެޖެއް ފޮނުވާފައެވެ.

ކުޑަ ސްކްރީން ގައި މަސައްކަތް ކުރުމަށްފަހު ޝާހް ރުކް ޚާން ބޮލީވުޑްގައި މަސައްކަތް ކުރަން ފެށީ 1992ވަނަ އަހަރުގެ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. އޭނާގެ ޓްވީޓުގައި ބުނާ ގޮތުން އޭނާ ވަނީ އުފަލާއި، ހިތާމަ އާއި ލޯބި، ފަދަ އެކި ޝުޢޫރު އޭނާގެ ފިލްމުތަކުގައި ފާޅުކުރެވިއްޖެއެވެ. އޭނާގެ އުއްމީދަކީ އެންމެންގެ ހިތުންވެސް ކޮންމެވެސް ވަރެއްގެ ޖާގައެއް ލިބުމެވެ. އަދި އެގޮތުގައި ދެމިހުރުމެވެ.

ބޮލީވުޑްގައި ހޭދަކުރި 26 އަހަރު އޭނަ ވަނީ ގިނަ ފިލްމުތަކެއް ކުޅެފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ 'ޑަރް'، 'ދީވާނޭ ދުލްހަނިއާ ލޭ ޖާއޭނގޭ'، 'ދިލް ތޯ ޕާގަލް ހޭ'، ސްވާދީސް، 'ޗަކް ދޭ! އިންޑިއާ'، 'ކުޗް ކުޗް ހޯތާ ހޭ'، 'މުހައްބަތޭން'، 'ކަބީ ޚުޝީ ކަބީ ޣަމް' އަދި 'މައި ނޭމް އިޒް ޚަން' އެވެ.  އޭނާ އެންމެ ފަހުން ކުޅޫނު 'ރައީސް'، 'ފޭން'، 'ދިލްވާލޭ'، 'ޖަބް ހެރީ މެޓް ސަޖަލް' ފަދަ ފިލްމު ތަކަށް ބޮކްސް އޮފީހުގައި ފާހަގަކުރެވޭ ވަރުގެ ކާމިޔާބީ އެއް ލިބިފައި ނުވެއެވެ.

މިހާރު ޝާހް ރުކް މަސައްކަތް ކުރަމުން ދަނި 'ޒީރޯ' އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.