ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

އަންނަ ސެޕްޓެމްބަރ 23 ގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފިއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން ކެންޑިޑޭސީ ފޯމު ހުށަހެޅުއްވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

މި ރަސްމިއްޔާތުގައި ރައީސް ޔާމީނަށް ބައިވެރިވެ ވަޑައިނުގެންނެވުނީ އެމަނިކުފާނު ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނާ ހަމައަށް އުޅުއްވުމުނެވެ. އެ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރައީސް މިހާރުވަނީ މާލެ ވަޑައިގެންފައެވެ.

ކެންޑިޑެސީ ފޯމު ހުށަހަޅުއްވާތާ 48 ގަޑިއިރުތެރޭ ގޮތެއް ނިންމައި އެބޭފުޅަކަށް އަންގަވަންޖެހެއެވެ. ރައީސް ޔާމީންގެ އިތުރަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ހުސައިން ނަސީރު ވަނީ އެބޭފުޅުންގެ ފޯމު ހުށަހަޅުއްވައިފައެވެ.

އިލެކްޝަނުން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިގެންފައިވާ ކަމަށާއި އިތުރު ކެންޑިޑޭޓުން މުއްދަތު ހަމަވުމުގެ ކުރިން ފޯމު ހުށަހަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.