ވޭތުވެދިޔަ ދެމަހެއްހައި ދުވަހު މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގެ ފަލަ ސުރުޚީ އިން ޖާގަ ހޯދައިފައިވަނީ ގްލޯބަލް ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އެނާގެ ލޯބިވެރިޔާ، ލަވަކިރުނތެރިޔާ ނިކް ޖޮނަސް އެވެ. ޕްރިޔަންކާ އާއި ނިކްގެ ގުޅުމުގެ ވާހަކަ މީޑިއާ އާއި ހިއްސާކޮށްފައި ނުވީ ނަމަވެސް މި ދެތަރީން ދަނީ އެކުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަމުންނެވެ.
މިރޭ ސިންގަޕޯރ ގައި ބޭއްވި ނިކް ޖޮނަސްގެ ކޮންސަރޓްގެ ތެރެއިން:
މީގެ ހަފްތާއެއްހައި ދުވަސް ކުރީން ޕްރިޔަންކާ ފަލަ ސުރުޚީ އަށް އަރާފައިވަނީ ސަލްމާން ޚާން އާއި އެކު ކުޅެން ހަމަޖެހުނު ފިލްމު 'ބާތާތް' ދޫކޮށްލި ވާހަކައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ބޮލީވުޑް ފިލްމަކަށް ސޮއެ ކުރި ވާހަކަ މީޑިއާއިން ރިޕޯތު ކުރިއެވެ. އަދި އޭނަގެ ލޯބިވެރިޔާ އާއެކު ނަގާފައިވާ ފޮޓޮތައް ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވެއެވެ.
މިއަދު ޕްރިޔަންކާ އާއި ލޯބިވެރިޔާ ނިކް ސިންގަޕޫރްގައި އެޅުނިކޮށް ނަގާފައިވާ ފޮޓޯ ތަކާއި ވީޑިއޯތައް ވަނީ ސޯޝަލްމީޑިއާގައި އާއްމުކޮށްފައެވެ. ޚަބަރުތައް ބުނާގޮތުން ސިންގަޕޫރްގައި ނިކް ޕާފޯމް ކުރާނެއެވެ. މިއަދު އާއްމުކުރެވުނު އެއް ވީޑިއޯ އަކީ ސިންގަޕުރް އެއާޕޯޓުގައި ނަގާފައިވާ ވީޑިއޯ އެކެވެ. އަދި ކްލަބެއްގަިއ ދެމީހުން ވަގުތު ހޭދަ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާއްމުކޮށްފައެވެ.
މާދަމާ އިންޑިއާގައި އޮންނަ ހަރަކާތެއްގައި ޕްރިޔަންކާ ބައިވެރިވާނެ ކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓުކޮށްފއިވެއެވެ.