ފުނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ނިމެނޭ

ށ. ފުނަދޫ މަގުތަކުގައި ތާރައެޅުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީން ވިދާޅުވެފައިވަނީ ތާރު އެޅުމުގެ މަސައްކަތް ފަށައިފައިވަނީ އިއްޔެ ކަމަށެވެ. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް އެތަނުން ވިދާޅުވެފައިވެއެވެ.

އެރަށުގައި 4.8 ކިލޯމީޓަރު މަގުހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިގު އެއްމަގާއި ހުރަސް 5 މަގު ކަމަށް އެރަށުން މައުލޫމާތު ދިނެވެ.

މުޅި މަސައްކަތުގެ 80 އިންސައްތަ މިހާރުވެސް ވަނީ ނިމިފައެވެ. މިއީ 46 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ހިނގާ މަޝްރޫއެކެވެ.

އެރަށުގެ މަގުތަކުގައި ތާރައަޅަނީ ތިމާވެއްޓަށް ފަހިވާ ގޮތަށް މަގުމެދުގައި ގަސްއިންދާ ގޮތަށެވެ. ތާރުއެޅުމާއި ދުވާރު ހެދުމާއި، މަގުތައް ކުރަހައި ބައްތިޖެހުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މަގުތަކުގެ ދެފަރާތުގެ ގިނަ ޕޭވްމަންޓްތައް މިހާރު ވަނީ ނިމިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.