ސިޔާސީ ވިސްނުން ތަފާތުވިޔަސް ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުކުރާނެ: ރައީސް ސާލިހު

އެބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ފުނަދޫގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގައެވެ.

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުން ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުންފަދަ ކަންކަން ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.

އެއަރޕޯޓު ސަރަޙައްދަށް ދާން އޮންނަ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމަށާއި ފެރީ ނެޓްވޯކް ފެށޭއިރު ބަނދަރަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުންނާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި ޔޫތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލުން ވަނީ ރައީސް އާ ހިއްސާ ކޮށްފައެވެ.

1 ޚިޔާލު

  1. މިދައުރުގެ ބާކީ މިއޮތް މުއްދަތުގަ ސަރުކާރުން އެއްވެސް ރަށެއް ތަފާތެއް ނުކުރާނެއެވެ. އަބަދުވެސް ވެރިކަމުގެ ފަހު ދުވަސްކޮޅު ކޮންމެ ރައީސަކުވެސް ކަންތައްކުރައްވާނެ ގޮތަކީ ތިއީއެވެ. މިސަރުކާރުގައި އޮތީ އެންމެ މައްސަލައެކެވެ. އެއީ ދައުލަތުގެ ޚަޒާނާއިން ވައްކަންކޮށްގެން ޖަލަށްލީ "ބޮޑުވަގުން" ގެއަށް ބަދަލުކުރުމެވެ. މިސާލަކަށް ބަލާލަބަލާށެވެ. އެމްއެމްޕީއާރު މައްސަލާގައި ކަންހިނގިގޮތް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.