ބާރާތް: ޕްރިޔަންކާގެ ބަދަލުގައި ކަޓްރީނާ އަދި ސަލްމާންގެ ބައްޕަގެ ރޯލު ޖެކީ ޝްރޮފް އަށް

ސަލްމާން ޚާން ގެ 'ބާރާތް' އިން ޕްރިޔަންކާ ޗޯޕްރާ ވަކިވުމުން އޭނާގެ ބަަލުގައި ފިލްމާ ދެން ގުޅޭނީ ކަޓްރީނާ ކައިފް ކަމަށް ޑީއެންއޭ އާ ހަވާލާދީ ފަސްޓްޕޯސްޓުން ރިޕޯޓުކޮށްފިއެވެ. ކަޓްރީނާ އަކީ އަތުލް އާއި އަލްވީރާ އަގްނިހޯތްރީ އެފިލްމު ފުރަތަމަ ހުށަހަޅަން ބޭނުންވީ ތަރި ކަމަށްވެސް އެނޫހުން ރިޕޯޓުކުރެއެވެ. ކަޓްރީނާ އަކީ އަތުލް އާއި އަލްވީރާގެ ވަރަށް ގާތް ރަހްމަތްތެރިއެކެވެ. ސެޕްޓެނބަރު މަހު ކަޓްރީނާ 'ބާރާތް' ގެ ޓީމާ ގުޅޭނެއެވެ.

'ބާރާތް' އަކީ ބައްޕަ އާއި އޭނާގެ ފިރިހެން ދަރިފުޅާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮސް ލިޔެފައިވާ ރީތި ވާހަކައެކެވެ. ފިލްމުގައި ސަލްމާންގެ ބައްޕަގެ ބައި ކުޅޭނީ ޖެކީ ޝްރޮފް އެވެ. އޭނާވަނީ މީގެ ކުރީން 'ބްރަދަރސް' ގައި އަކްޝޭ ކުމާރް އާއި ސިދާތް މަލޯތްރާ ގެ ބައްޕަގެ ރޯލު ކުޅެފައެވެ. ޖެކީ ފިލްމުގެ ކްރޫ އާ ގުޅޭނީ ސެޕްޓެންބަރު މަހުގެ ފަހުކޮޅުއެވެ.

ފަސްޓް ޕޯސްޓުން މިޚަބަރު ރިޕޯޓުކޮށްފައިވީ ނަމަވެސް މިވާހަކަތައް އަދި އެއްވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައިނުވެއެވެ.

ބާރާތްގެ ކާސްޓުގައި މުހިއްމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރީންނަކީ ތާބޫ އާއި ދިޝާ ޕަޓާނީ، އާއި ސުނިލް ގްރޯވަރު ހިމެނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.