މުޅި ރާއްޖެއަށް އުދައަރައިފާނެ: މެޓް

މުޅިރާއްޖެއަށް އުދައަރައިފާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް މިއަދު ނެރެފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ އުދައަރައިފާނެ ކަމަށް ބެލެވިފައިވަނީ މިއަދު މެންދުރު 12:30 އިން ހަވީރު 4:30 އާ ދެމެދުގެ ވަގުތުގައި ކަމަށެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ. އެ ވަގުތުގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި ކަމަށްވެސް ލަފާކުރައްވާފައިވެއެވެ.

 ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތައް

އުތުރު: 1331

މެދުތެރެ:1418

ދެކުނު: 1450

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.