މާލެއަތޮޅާއި ގދ. އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފި

ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މާލެއަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްރަށަށް މޫސުމާ ބެހޭ އޮފީސް (މެޓު) އިން ވައިޓް އެލާޓް މިއަދު ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 1:30 އިން 5:30 އަށް އެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށެވެ. ވިއްސާރައާއެކު ގަނޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިޖެހޭނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުންވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ލ. އަތޮޅާއި ޅ. އަތޮޅާ ދޭތެރޭ ހިމެނޭ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މެދުތެރެއާއި އުތުތުރުގެ އަތޮޅުތަކުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި، ދެކުނުގެ ހިސާބުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ގާތްގަޑަކަށް 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ލަފާ ކުރައްވާފައިވެއެވެ.

މެދުތެރެއާއި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެއެވެ. ދެކުނު އަތޮޅުތަކުގެ ކަނޑުތަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.