މުޙައްމަދް ރަފީއު ގެ 'ބަދަން ޕެ ސިތާރޭ' ކިޔައިދިނީ އަނިލް ކަޕޫރް އެދިގެން: ސޯނޫ ނިގަމް

ސޯނޫ ނިގަމް ކިޔާފައިވާ މުޙައްމަދު ރަފީޢު ގެ 'ބަދަން ޕެ ސިތާރޭ' ކިޔާފައިވަނީ އަނިލް ކަޕޫރް އެދިގެން ކަމަށް ސޯނޫ ނިގަމް ބުނެފިއެވެ. ސޯނޫ ނިގަމް ގެ ލަވަ ވަނީ މުޙައްމަދު ރަފީޢު މަރުވި ދުވަހާ ދިމާކޮށް އަންގާރަ ދުވަހު ނެރެފައެވެ.

ފަންނޭ ޚާން އަށް ސޯނޫ ނިގަމް ކިޔާދީފައިވާ ލަވަ، ރަފީއުގެ 'ބަދަން ޕެ ސިތާރޭ': 

ސޯނޫ ނިގަމް ބުނެފައިވަނީ އަނިލް ކަޕޫރް އާއި އޭނާގެ ފިލްމް ފަންނާ ޚާން އަށް ނޫން ނަމަ އޭނާގ ގުރޫގެ ލަވައެއް އޭނާ ނުކިޔާނެއެވެ.

'ބަދަން ޕެ ސިތާރޭ' އަކީ މިއުޒިަކަށް ލޯބިކރުާ މީހުންނަށް ޚާއްބަކޮށްގެން އުފައްދާފައިވާ ފިލްމުގައި ހިމަނާފައެވެ. ސޯނޫ ބުނެފައިވަނީ އޭނާ މިހާރު ބަލަނީ ކުރީގެ އޮރިޖިނަލް ލަވަތައް ނުކިޔާވޭތޯ އެވެ. އެހެންކަމުން އޭނާ ހުރީ މިލަވަ ވެސް ނުކިޔާން ނިންމައިގެންނެވެ. އަދި މިލަވަ އަކީ އޭނާ މިއުޒިކްގެ ބައްޕަ އަދި އެދުރެއް ކަމަށް ބަލާ ރަފީޢު ސާހަބްގެ ލަވައަކަށް ވުމުނެ ވެސް އޭނާ އެލަވަ ކިޔަން ބޭނުން ނުވީއެވެ. އޭނާ ވަނީ ރަފީއު ގެ ލަވައެއް ހަލާކުކޮށްލަން ބޭނުންވާނީ ކާކުތޯ ސުވާލުކޮށްފައެވެ.

އަނިލް 'ފަންނޭ ޚާން' ގައި ކުޅެނީ ރަފީއުގެ ފޮލޯވަރެއްގެ ރޯލުކަމަށް ބުނުމުން އެލަވަ އޭނާގެ ކިޔައިދިނީ ކަމަށް ސޯނޫ ވަނީ ބުނެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.