އޮފިޝަލުންނަށް ވުމަށް އެދި ހަހާހަށްވުރެ ގިނަމީހުން ފޯމު ހުށަހަޚައިފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަން އޮފީޝަލުންނަށް ވުމަށް ހުޅުވާލި ފުރުސަތުގައި 6000 ވުރެ ގިނަ މީހުން ފޯމް ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީން ވިދާޅުވެފައިވަނީ އެ އަދަދު ހަތްހާހާ ގާތްކުރާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ. އޮފިޝަލުންގެ ގޮތުގައި އިންތިޚާބަށް ނެގުމަށް ހަމަޖެހިފައިވަނީ 4500 މީހުންނެވެ. ފޯމުހުށަހަޅައިފައިވާ މީހުންގެ ތެރެއިން އޮފީޝަލުން ނަގާނީ ޝަރުތު ހަމަވާ އެންމެންނާ ވަކިވަކިން އިންޓަރވިއު ކޮށްގެން ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތުގައި އުޅޭ މީހުންނަށް އެކަށީގެންވާ އުޖޫރައެއް ވެސް ދޭ ގޮތަށް އީސީން ވަނީ ނިންމަވައިފައެވެ. އެގޮތުން އޮފީލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިއަކަށް ވޯޓުލާދުވަހު 1500 ރުފިޔާ ލިބޭނެއެވެ. އޭނާގެ އެސިސްޓެންޓަށް 1200 ރުފިޔާ ލިބޭނެއެވެ. އެހެނިހެން އޮފިޝަލުންނަށް 1000 ރުފިޔާ ލިބޭނެއެވެ. އަދި ރިޒާވް އޮފިޝަލަކަށް 500 ރުފިޔާގެ އެލަންވަންސެއް ވަނީ ހަމަޖައްސަވައިފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 23 ގައެވެ. ވޯޓުލައި ނިމޭތާ 30 މިނިޓް ތެރޭ ވޯޓު ގުނަން ފަށާނެއެވެ. ރަސްމީ ނާތީޖާ އިއުލާން ކުރައްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 9 މީހުންވަނީ ފޯމް ގެންދަވާފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން ފޯމު އިލެކްޝަނަށް ލައްވާފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އެކަންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.