އިބޫ އިހަވަންދުއަށް ވަޑައިގެންފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެންމެ އިހަވަންދުއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އިވަހަވަންދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ތާއިދު ހޯއްދެވުމަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސައިން ބައިވެރިވެ ވަޑައިގަންނަވައެވެ.
އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.