އަޅުގަނޑު ހިއްސާވާ ކުންފުންޏެއް ނޯންނާނެ: ޢުމަރު

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި އޭނާ ހިއްސާވާ ކުންފުންޏެއް ނޯންނާ ކަމަށް އުމަރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ޕާސްޕޯޓު ހިފަހައްޓައިފައިވަނީ އޭނާ ހިއްސާވާ ކުންފުންޏެއްގެ މައްޗަށް އޮތް ސާބިތު ދަރަންޏެއްގެ މައްސަލައެއްގައެވެ. އުމަރު ވިދާޅުވީ އޭނާއާ ބެހޭ މައްސަލައެއް ކޯޓުގައި ހިނގަމުންދާ ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަންވާގޮތެއް ކޯޓުން މާދަމާ ސާފުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑާ ގުޅޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގައި ނޯންނާނެ. އެއްވެސް ކޯޓަކަށް ހާޒިރުކޮށްފައެއްވެސް ނެތް. އަދި އަޅުގަނޑުގެ ހިއްސާއެއް އޮންނަ ކުންފުންޏެއް ވެސް ނުހުންނާނެ. މާދަން ކޯޓުން ސާފުކުރާނަން ތިޔަކަން ތިޔަވާގޮތެއް. ޕާސްޕޯޓު ހިފެހެއްޓިކަމެއް ވެސް ނެތް އެނގިފައެއް އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައިވާ ކެންޑިޑޭޓެކެވެ. އެހެންނަމަވެސް ސާބިތު ދަރަންޏެއް އޮތްކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމައެއް ނުވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.