ސަނީ ލިއޯން ގެ ބަޔޯޕިކްގެ ނަމާއި މެދު ސިކުން ހިތްހަމަ ނުޖެހިއްޖެ

ސަނީ ލިއޯން ގެ ހަޔާތުގެ މައްޗަށް އުފެއްދި ވެބް ސީރީސް، "ކަރަންޖީތު ކޯރް: ދި އަންޓޯލްޑް ސްޓޯރީ އޮފް ސަނީ ލިއޯން" ގެ ނަމާ މެދު އިންޑިއާގެ ސިކުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެއެވެ.

ލިއޯން ގެ އަސްލު ނަން، "ކޯރް" އަކީ ސިކުންގެ އަންހެނުން ނަމުގައި ބޭނުންކުރާ ނަމެކެވެ. ދެވަނަ  ނަމެއްގެ ގޮތުގައި 'ކޯރް' ބޭނުން ކުރަނީ މިންތީގެ ހަމަހަމަކަމުގެ ރަމްޒެއްގެ ގޮތުގައެވެ. ސިކު ލީޑަރުން ދެކޭ ގޮތުގައި އެނަން ބޭނުންކޮށްފައިވަނީ އެނަން ބޭނުންކުރާ މީހުންނަށް އޮންނ ގަދަރު ކުޑަކުރުމުގެ ގޮތުންނެވެ. އަދި އެނަން ބޭނުންކޮށްފައިވަނީ މީޙުންގެ ސަމާލުކަން ހޯދަން ކަމަށް ސިކުންގެ އިސް މީހުންދަނީ ބުނަމުންނެވެ.

ސިކުންގެ ހުރިހާ އަންހެނުންނަށް ކޯރްގެ ނަމުން ނަންދީފައިވަނީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށާއި ބައިބައިގެ މީހުންގެ މެދުގައި އޮންނަ ތަފާތު ކުޑަކުރުމުގެ ގޮތުން 1699 ވަނަ އަހަރު އެވެ.

ލިއޯންގެ އަސްލު ނަމަކީ ކަރެންޖީތް ކޯރް ވޯރާ ކަމުގައި ވީ ނަމަވެސް އޭނާ މަޝްހޫރު ވެފައިވަނީ ޕޯން ފިލްމުތަކުގައި ބޭނުންކުރި ސަނީ ލިއޯން ގެ ނަމުންނެވެ.

'ކަރަންޖީތް ކޯރް: ދި އަންޓޯލްޑް ސްޓޯރީ އޮފް ސަނީ ލިއޯން މި މަހުގެ 16 ވަނަ ދުވަހު ވަނީ ޕްރިމިއަރ ކޮށްފައެވެ. މި ސިލްސިލާ ޕްރިމިއަރ ކުރުމާ ގުޅިގެން ސިކުންގެ ވަރުގަދަ ސިޔާސީ ލީޑަރެއްކަމުގައިވާ މަންޖިންދަރް ސިންގހް ސިރްސާ ވަނީ އެ ސިލްސިލާ ނުވަތަ ސިލްސިލާގެ ނަން ޒީނެޓުވޯކުން ނެގުމަށް އިންޒާރު ދީފައެވެ. ނަމަވެސް ޒީ އިން ބުނެފައިވަނީ އެއީ އޭނާގެ އުފަން ނަން ކަމަށާއި ނަން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ސީރީސްގެ ޑައިރެކްޓަރު އަދިތްޔާ ދަތު ވަނީ ނަން ދިފާއު ކޮށް ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ސަނީ ލިއޯން ގެ އަސްލު ނަން ބޭޏުންކުރުމަކީ އޭނާގެ ހައްގެކެވެ.  

ސަނީ ލިއޯން އަކީ ކެނެޑާގައި ދިރިއުޅޭ ސިކުންގެ ޕަންޖާބީ ހިޖުރަވެރި އާއިލާއަކަށް އުފަން މީހެކެވެ. އޭނާ ބޮލީވުޑާ ގުޅުނީ 2012ވަނަ އަހަރު ހިންދީ ފިލްމު 'ޖިސްމް' އިންނެވެ. އޭނާވަނީ އިންޑިއާއަށް ދިރިއުޅުްނ ބަދަލުކޮށް ތިން ދަރީން އެޑޮޕްޓް ކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.