އީޔޫ އަށް ދޫނުދީފިނަމަ ރާއްޖެ ބަނގުރޫޓު ވާނެ: ނަޝީދު

ފޮޓޯ: ފޭސްބުކް އިން

އީޔޫ އިން ފިޔަވަޅު އެޅުމުން ނިކަމެތިވާނީ ދިވެހި ރައްޔިތުން ކަމަށާއި، ދޫ ނުދީފިނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާޏު މިހެން ވިދާލުވެފައިވަނި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި ދިއްގަރު ރައްޔިތުުންނާ  ވާހަކަ ދައްކަވަމުން މި މަހު ރާއްޖެ އާމެދު އީޔޫ އިން ފިޔަވަޅު އަޅައިފާނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވުމަ ގުޅިގެންނެވެ. ރައިސް ނަޝީދުގެ ޓުވީޓުގައި ސިފައިނާއި، ފުލުުހުންނާއި، ފަނޑިޔާރުން، އަފި ވިޔަފާރިވެރިންނާ މުޚާޠަބުކޮށް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރައްވައި ރައީސް ޔާމީން އާ އެކު ތިއްބަވައިފިނަމަ އެބޭފުޅުންނާއި ރާއްޖެވެސް ފަގީރުވާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓު:

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.