ކުދީނާ ފަތަކި ބުއިންތަކާއި އަދި ކާނާ ތައްޔާރު ކުރުމަށް ބޭނުންކުރާ މުހިއްމު ބާވަތެކެވެ. ކަޅު ސަޔާއި ފިނި ބުއިންތަކަށް މީރު ރަހަ ގެނެސްދިނުމުގެ އިތުރުން ކުދީނާ ފަތުގައި ހަށިގަނޑު ފިނިކޮށްދޭ ބާވަތެއް ހިމެނެއެވެ. ކުދީނާ ފަތުން ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. ކާއެއްޗެހި ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. އަނގައިން ނުބައިވަސް ދުވާނަމަ ކުދީނާ ފަތަކީ އެކަމަށް ވެސް ހައްލެކެވެ. މީގެ އިތުރުން ކުދީނާ ފަތަކީ ގައިގެ ހަމަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. އެފަތުން ޕޭސްޓު ތައްޔާރުކޮށް ހަންގަނޑުގައި ހޭކުމުން ހަން އޮމާންކޮށްދެއެވެ. މިއީ އޮށާޅައަށްވެސް ފަރުވާ އެކެވެ.
ކުދީނާ ފަތުގައި ބެކްޓީރިއާ އާ ދެކޮޅަސް ހަރަކާތްތެރިވާ މާއްދާއެއް ހިމެނެއެވެ. މި މާއްދާ އަކީ މިންތޯލް އެވެ. އަވީގައި އުޅެންޖެހުމުން ހަމުގެ ތަފަތު މައްސަލަތައް ކުރިމަތިވެއެވެ. މޫނުގައި ބިއްސާއި އޮށާޅަ ނަގައެވެ. ކުދީނާ ފަތަކީ މިފަދަ މައްސަލަ ތަކުން ސަލާމތް ކޮށްދޭނެ ބާވަތެކެވެ. ކުދީނާ ފަތް ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ފޭސްޕެކް ތައްޔާރު ކުރެވިދާނެއެވެ.
ކުދީނާ ފަތާއި ކިއުކަމްބާ ފޭސްޕެކް
ކުދީނާ ފަތާއި ކިއުކަމްބަރ އަކީ ހަންނގަނޑު ފިނިކޮށްދީ އަދި ހައިޑްރޭޓް ކޮށްދޭނެ ދެބާވަތެވެ. ފޭސްޕެކް ތައްޔރު ކުރުމަށް ކުދީނާ ފަތާއި 3 ފޮތި ކިއުކަމްބާ އަދި މާމުއި ސަމުސަލެއް މިކްސަރަށް އަޅައި ޕޭސްތް ތައްޔާރު ކުރާށެވެ. މި ޕޭސްތް މޫނުގައި އުނގުޅުމަސްފަހު 15 މިނިޓް ފަހުން ފިނި ފެނުން މޫނު ދޮންނާށެވެ. މޫނު ސާފުކޮށްދީ އާދަވެގެން ބޭނުންކުރާނަމަ މޫނުގައި ހުންނަ ލަކުނުވެސް ފިލާނެއެވެ.
ކުދީނާ ފަތާއި ރީނދޫ ފޭސްޕެކް
ރީނދުލަކީ ވެސް މޫނުގައި ހުންނަ ލަކުނު ފިލުވައިދީ އޮށާޅައާއި ބިއްސަށްވެސް ފަރުވާ އެކެވެ. މި ފޭސްޕެކް ކުޑަ ފެންފޮދަކާ އެކު ކުދީނާ ފަތް ފުނޑާށެވެ. ދެން އޭގެ ތެރެއަށް ކުޑާ ރީނދޫކޮޅެއް އެއްކުރާށެވެ. ރަނގަޅަށް އެއްކުރުމަށްފަހު މޫނުގައި އުނގުޅައި 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު މޫނު ދޮންނާށެވެ.
ކުދީނާ ފަތާއި ފިނިފެން ފޭސްޕެކް
ފިނިފެން ނުވަތަ ރޯޒް ވޯޓާ އަކީ ހަމުގެ ޕީއެޗް ބެލެންސް ހިފަހައްޓައިދޭ ބަވަތެކެވެ. މި ފޭސްޕެކް ތައްޔާރުކުރުމަށް މަމުޔާއި، ކުދީނާ ފަތް އަދި ފިނިފެން މިކްސަރަށް އަރައި ފުނޑާށެވެ. ދެން ފޭސްޕެކް މޫނުގައި އުނގުޅުމަށްފަހު 15ވަރަކަށް މިނިތް ފަހުން ދޮންނާށެވެ. މޫނު ޓޯންވެފައި ހަންގަނޑު ޑިީހައިޑްރޭޓް ވެ މަޑުވާނެއެވެ.
ކުދީނާ ފަތަކީ ގޭގައި ވަރަށް ފަސޭހައިން ހެއްދިދާނެ ގަހެކެވެ.
މައުލޫމާތު ނަގާފައިވަނީ އެންޑީޓީވީ ފުޑްސް އިންނެވެ.