ހަމާއި އިސްތަށިގަނޑުގެ ފަރުވާއަށް ޔޯގަޓް (1)

ޔޯގަޓަކީ ގިނަ ގޭބިސީތަކުގައި އަބަދުވެސް ހުންނަ ބާވަތެކެވެ. މިއީ ޕްރޯޓީން އާއި އެންޒަައިމް އެކުލެވޭ ބާވަތެކެވެ. ބައެއް ގޭގޭގައި އަމިއްލައަށް ވެސް ޔޯގަޓް ތައްޔޜު ކުރެއެވެ. މިއީ ހަމައެކަނި ކެއުމަށް ބޭނުންކުރާ ބާވަތެއް ނޫނެވެ. ހަންގަނޑާއި ބޮލުގެ އިސްތަށިގަނޑަށް ފަރުވާ އެއްގެ ގޮތުގައި ވެސް ޔޯގަޓް ބޭނުން ކުރެވިދާނެއެވެ. މިއަދު މިގެނެސްދެނީ ޔޯގަޓް ބޭނުންކޮށްގެން ފޭސް މާސްކް ތައްޔާރު ކުރާނެ ގޮތެވެ.

ޔޯގަޓާއި މާމުއި މާސްކް

އިރުގެ އަވީން މޫނުގެ ހަންގަނޑު އަނދައި ދިލަ ނަގާނަމަ މިއީ އެކަމަށް އެންމެ ރަނގަޅު އެއްފަރުވާ އެވެ. މާމުޔާއި ޔޯގަޓް ރަނގަޅަށް އެއްކުރުމަށްފަހު އޭގެ ފަށަލައެއް މޫނާއި ކަރު، އަދި އަތުގައި އުނގުޅާށެވެ. ހަންގަނޑަށް ރަނގަޅަށް އޭގެ އަސަރު ފޯރުވުމަށްޓަކައި 7 މިނިޓް ނުވަތަ 10 މިނިޓް ވަރު ބެހެއްޓުމަށްފަހު ރަނގަޅަށް މަސާޖްކުރާށެވެ. އެއަށްފަހު މޫނު ދޮންނާށެވެ. މާމުޔާއި ޔޯގަޓަކީ މޮއިސްޗަރައިޒާއެކެވެ. އަދި ހަންގަނޑު ޑީހައިޑްރޭޓްކޮށް ބެހެއްޓުމަށާއި އޮމާންކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ހަންގަނޑުގައި ހުންނަ ލައް ފިލުވުމަށް ކޮފީ އާއި ކޮކޯ މާސްކް

މި މާސްކް ތައްޔާރުކުރުމަށް 2 މޭޒުމަތީ ސަމުސާ ޔޯގަޓާއި، މޭޒުމަތީ ސަމުސަލުގެ 1 ސަމުސާ ކޮފީ، ކޮކޯ ޕައުޑަރު އަދި މާމުއި އެއްކުރާށެވެ. މި ޕޭސްޓް ހަމުގައި އުނގުޅާށެވެ. މި މާސްކަކީ ދިރުން ގެއްލި، މަރުވެފައި ހުންނަ ހަމަށް ވަރަށް ރަނގަޅު ފަރުވާ އެކެވެ. ކޮކޯ އާއި މާމުއި އަދި ޔޯގަޓްގައި ހުންނަ އެންޓިއޮކްސިޑެންޓްގެ އަސަރުން ހަންގަނޑަށް އާރޯކަން ގެނެސްދީ ހަންގަނޑު ސާފުކޮށްދީ ލައް ފިލުވައިދޭނެއެވެ. ކޮފީ އިން ހަމުގައި މަރުވެފައި ހުންނަ ހަންތައް ފިލުވައިދޭނެއެވެ. އަދި ލޭގެ ހިނގުން ރަނގަޅުކޮށްދޭނެއެވެ.

ޔޯގަޓާއި މިންޓް ސްކްރަބް

މިއީ ތެޔޮ ހަން ހުންނަ މީހުންނަށް ވަރަށް ރަނގަލު ފަރުވާ އެކެވެ. ޔޯގަޓަކީ ހަމުގައި ހުންނަ ތެޔޮކަން ފިލުވައިދޭ ބާވަތެކެވެ. ޕޭސްޓް ތައްޔާރ 2 ސައިސަމުސާ ޔޯގަޓާއި 3 ސައިސަމުސާ ލެންޓިލް ޕައުޑަރާއި، 2 ސައިސަމުސާ ރައިސް ޕައުޑަރު، 2 ސައިސަމުސާ ކުދީނާ ޕޭސްޓާއި ބައި ސައިސަމުސާ ކާޕޫރް އެއްކުރާށެވެ. ހުރިހާ ބާވަތްތަކެއް ރަނގަޅަށް އެެއްކުރުމަށް ފަހު ކުޑަ ފިނިފެން ފޮދެެއް އެއްކުރާށެވެ. ރަނގަޅަށް މިކްސް ކުރެވުމުން ހަންގަނޑުގަިއ އުނގުޅައި ސްކްރަބް ކުރާށެވެ. އަދި ހިހޫ ފެނުން ދޮންނާށެވެ. ރަނގަޅު ނަތީޖާ އެއް ނެރުމަށްޓަކައި މިފަރުވާ ހަފްތާ އަކު ތިން ފަހަރު ތަކުރާރު ކުރެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.