ޝޭ ބަޓަރ: މޫނާއި ހަންގަނޑު އަދި އިސްތަށިގަނޑަށް ގިނަ ފައިދާ ތަކެއް

ޝޭ (Shea) ބަޓަރ އަކީ މިހާރު ރާއްޖޭގެ ކޮސްމެޓިކްސް ބާޒާރުގައި ވެސް ވަރށް މަގްބޫލު ބާވަތެކެވެ، ޝޭ ބަޓަރ އަކި ޝޭ ގަހުގެ ނަގާ އެއްޗެކެވެ. އެއީ ވިޓަމިން އާއި ފެޓީ އެސިޑް ގިނައިން ހުންނަ ބާވަތެއްވެސްމެއެވެ. ރީތިވާން ބޭނުންކުރާ ލޯޝަނާއި، ޝޭމްޕޫ، އަދި ކޮންޑިޝަނަރ ފަދަ ރީތިވާ ގިނަ އުފެއްދުން ތަކުގައި ޝޭ ބޭނުން ކުރެއެވެ. ފެޓި އެސިޑާއި ވިޓަމިންސްގެ އިތުރުން ޝޭގައި ހަަމަށް ލިބޭ އެހެނިހެން ގެއްލުންތަކަށް ފަރުވާ ލިބޭ މާއްދާތައް ހިމެނެއެވެ. އެހެންކަމުން މިއީ ޚާއްޞަކޮށް މޫނާއި އިސްތަށިގަނޑަަށް އަދި ޖުމްލަކޮށް މުޅި ހަށިގަނޑަށް ގިނަ ފައިދާތައް ލިއްބައިދޭ އެއްޗެކެވެ. މޫނާއި އިސްތަށިގަނޑު އަދި ހަށިގަނޑަށް ފަރުވާ ލިބެ ގުދްރަތީ އުފެއްދުމެއް ބޭނުން ނަމަ ޝޭ ބަޓަރ އަކީ އެންމެ ރަނގަޅު އެއް ހޮވުމަށް ވާނެއެވެ.

ޝޭ ބަޓަރ ހަށިގަނޑަށް ރަނގަޅީ ކީއްވެ؟

މޫނާއި، އިސްތަށިގަނޑު، އަދި ހަށިގަނޑަށް ބޭނުންވާ ލޯޝަނާއި ކްރީމް، އަދި މޮއިސްޗަރައިޒަރ ފަދަ ކޮސްމެޓިކް އުފެއްދުންތަކުގައި ޝޭ ބަޓަރ ބޭނުން ކުރަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ޝޭ ބަޓަރ ގައި ހަންގަނޑަށް ބޭނުންވާ ކާނާގެ މާއްދާތައް ހުރެއެވެ. އަދި އެންޓި އޮކްސިޑެންޓާއި އެންޓި-އިންފްލެމޭޓަރީ މާއްދާތައް ހުރެއެވެ. މި މާއްދާތަކުން ހަންގަނޑަށް ޖެހޭ ބައެއް ބަލިތަކުން ދުރުކޮށޤދެއެވެ. ނުވަތތަ ފަރުވާ ލިބެއެވެ. އޮށާޅަ ނަގާ މީހުންނަށް ޝޭ އަކީ މުހިއްމު ފަރުވާ އެކެވެ.

ފެޓްގެ ބާވަތްތަކުގެ އިތުރުން ޝޭ އަކީ ވިޓަމިން އޭ އާއި ވިޓަމިން އީ އިން މުއްސަނދި ބާވަތެކެވެ. މި ދެ ވިޓަމިން އިން ހަންގަޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމާ އެކު އިރުގެ ދޯދިން ލިބޭ ގެއްލުމުންވެސް ރައްކާތެރިކޮށްދެއެވެ. އޭގެ އިތުރުން ހަންގަނޑު އޮމާންކަން ދަމަހައްޓާ ފެޓީ އެސިޑް ފޯރުކޮށްދެއެވެ. އެއާއެކު ކޮލާޖެން އުފައްދަން އެހީތެރިވެއެވެ. އާދަވެގެން ޝޭގެ އުފެއްދުންތައް ބޭނުން ކުރުމުން ހަންގަނޑުގައި ރޫ ޖެހުން ހުއްޓުވައި ހަނގަނޑު ދުޅަހެޔޮވާ ކަމަށް ދިރާސާ ތަކުން ދައްކައެވެ. ޝޭ ބަޓަރ އަކީ ކުޑަކުދީންނަށް ވެސް ބޭނުން ކުރެވޭނެ ބާވަތެކެވެ.

މޫނަށް ޝޭ ބަޓަރ ގެ ފައިދާ

އޮށާޅަ އާއި ލަކުނު ފިލުވައިދޭ:

މޫނުގައި އޮށާޅަ ނަގާނަަމަ އެކަމަށް އެންމެ ރަނގަޅު ފަރުވާ އަކީ ޝޭ ބަޓަރ އެވެ. އޮށާޅަ ނަގަން މެދުވެރިވާ ޖަރާސީމު ނައްތާލައި އޮށާޅަ ނެގުމުން ހަމަަށް ލިބޭ ގެެއްލުންތައް ހީވެސްނުކުރާހާ އަވަހަށް ރަނގަޅު ކޮށްދެއެވެ. ނަމަވެސް މޫނުގައި ޝޭ ބަޓަރ އުނގުޅުމުގެ ކުރީން ރަނގަޅު ކްލީންސަރ އެއް ބޭނުންކޮށްގެން މޫނު ސާފުކުރަންވާނެއެވެ. އޮށާޅައިގެ ސަބަބުން މޫނުގައި ލާފައި ހުންނަ ލަކުނުވެސް ޝޭ ބަޓަރ ބޭނުން ކުރުމުން ފިލައެވެ.

ޝޭ ބަޓަރ އަކީ ހަށިގަނޑާއި މޫނުގެ ތެތްކަންވެސް ހިފަހައްޓައިދޭ އުފެއްދުމެެކެވެ. ގިނައިރުވަންދެން ހަށިގަނޑުގެ ތެތްކަން ހިފަހައްޓައިދެނީ ޝޭގައި ހުންނަ ފެޓްސް އިންނެވެ. ހަންގަނޑުގެ ތެތްކަން ނުހިފެހެއްޓޭ ނަމަ ނުވަތަ ފެން މަދުވާ ނަމަ ހަންގަނޑު ހިކި ކުރަކިވާނެއެވެ. ތެތްކަން ހިފަހައްޓައި ދިނުމުގެ އިތުރުން އަތްތިލަ އާއި ފައިތިލައިގެ ހަންގަނޑު މަޑުކޮށްދެއެވެ.

ޒުވާންކަން ދަމަހައްޓައިދޭ:

ޝޭ ބަޓަރގގެ ފައިދާތަކުގެ ތެރޭގައި ހަންގަނޑުގެ ޒުވާންކަން ދަމަހައްޓައި ދިނުން ހިމެނެއެވެ. ޝޭ ގައި ހުންނަ ވިޓަމިން އޭ އާއި އީ ގެ ސަބަބުން ހަނގަނޑު އުޖާލާކޮށްދެއެވެ. އަދި ރޫ ޖެހުން ހުއްޓުވައިދެއެވެ.ޝޭގައި ހުންނަ ޒުވާންކަން ދަމަހައްޓައިދޭ މާއްދާ އަކީ މަރުވެފައި ހުންނަ ސެލްތައް ފިލުވައި އާ ސެލްތައް އުފެއްދުމަށް އެހީތެރިވެދެއެވެ. އަދި އިރުގެ ދޯދީގެ ސަބަބުން ހަންގަނޑުގައި އުފެދޭ ލައް ވެސް ފިލުވައިދެއެވެ.

ހަންގަނޑުގެ ވާންކަން އިއާދަ ކޮށްދޭ:

އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑު ދޫވެ ވާންކަން ގެއްލެއެވެ. ޝޭ ބަޓަރ އިން ލިބޭ އެންމެ މުހިއްމު އެއް ފައިދާ އަކީ ހަނގަނޑުން ގެއްލޭ ވާންކަން އަނބުރައި އިއާދަ ކޮށްދިނުމެވެ. ޝޭ ބަޓަރ ގައި ހުންނަ ވިޓަމިން އެފް އާއި ނޮން-ސެޕޮނޮފައެބްލް މާއްދާ އަކީ ހަނގަނޑުގެ ވާންކަން ހިފަހައްޓައިދޭ މާއްދާ ތަކެވެ. އޭގެ އިތުރުން ހަންގަނޑުގައި ކޮލާޖެން އުފެއްދުމަށްވެސް އެހީތެރިވެއެވެ. އެހެން ކަމުން ހަންގަނޑުގެ ތެތްކަން ދެމެހެއްޓުމާއި، ހަންގަނޑޫ މަޑުކޮށް ބެހެއްޓައި ހަންގަނޑަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމުގެ އިތުރުން ހަންގަނޑުގެ ގުދްރަތި ވާންކަން އިއާދަކޮށްދެއެވެ. ވަންކަން ހިފެހެއްޓޭ ހާ ހިނދަކު މޫނުގައި ރޫ ނެފުމާއި ހުނުމުގެ ސަބަބުން މޫނުގައި ނަގާ ކުދި ކުދި ރޫތައް މަދުވާނެއެވެ.

މޫނުގައި ޝޭ ބަޓަރ ބޭނުންކުރާނެ ގޮތް:

މޫނުގައި ޝޭ ބަޓަރ އުނގުޅަން އެންމެ ރަނގަޅު ގޮތަކީ ޝޭ ބަޓަރ ހިމެނޭ ކްރީމެއް ބޭނުންކުރުމެވެ. މިއީ ބައެއް ފިހާރަތަކުން ނުވަތަ އޮންލައިންކޮށް ވެސް ގަންނާން ލިބޭނެއެވެ. މިފަދަ ކްރީމެއް ނިދަން އޮށޯތުމުގެ ކުރިން މޫނުގައި އުނގުޅާށެވެ. މި ފަދަ ކްރީމެއް ބޭނުންކޮށްގެން މޫނުގައި ބޭނުން ކުރެވިދާނެ މާސްކެއްވެސް ތައްޔާރު ކުރެވިދާނެއެވެ. މާސްކް ތައްޔާރު ކުރުމަށްޓަކައި މޭޒުމަތީ ސަމުސަލެއްގެ މާމުޔާއި، މޭޒުމަތީ ސަމުސަލެއްގެ ޝޭ ބަޓަރ އާއި އެސެންޝަލް އޮއިލް އެއްކުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. އަދި 10 މިނިޓް ނުވަތަ 15 މިނިޓް ބެހެއްޓުމަށް ފަހު ހިހޫ ފެނުން މޫނު ދޮވެލާށެވެ.  

އިސްތަށިގަނޑަށް ޝޭ ބަޓަރގެ ފައިދާތައް 

އިސްތަށި ފޭބުން ހުއްޓުވައިދޭ:

ޝޭ ބަޓަރ ގައި ހުންނަ ފެޓީ އެސިޑް އަކީ އިސްތަށ ފޭބުން ހުއްޓުވައިދޭ މާއްދާ އެކެވެ. އަދި ބޮލުެގ ނާށިގަނޑަށާއި އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުންވާ ކާނާ ލިއްބައިދެއެވެ. އާދަ ވެގެން ޝޭ ބަޓަރ ބޭނުންކުރާނަމަ ހެއަރ ފޮލިކަލްސް ވަރުގަދަ ކޮށްދީ އިސްތަށި ފޭބުން މަދުކޮށްދީ އިސްތަށި ފޭބުން ހުއްޓުވައިދެއެވެ. ވަރަށް ގިނަ ހެއަރ ކޮންޑިޝަނަރ ގައި ވެސް ބޭނުންކޮށްފައި ހުރެއެވެ. ޗޭ ބަޓަރ އިން އިސްތަށި ފޭބުވުން ހުއްޓުވައި އިސްތަށިގަނޑަށް ވިދުން ގެނެސްދީ ބޯ ކޮށްދެއެވެ.

ހަލާކުވެފައި ހުންނަ އިސްތަށިތަކަށް ފަރުވާ ލިބޭ:

ޖައްވު ނުސާފު ވުމާއި އިސަތަށިގަނޑު ފަން ކުރުމަށް ނުވަތަ ބުޅި ކުރުމަށް ބޭނުން ކުރާ ކެމިކަލް ތަކުގެ ސަބަބުން އިސްތަށިގަނޑު ހަރުވެ އިސްތަށިގަނޑުގައި ހުންނަ ގުދްރަތީ ތެތްކަން ދަމައިގަނެއެވެ. ޝޭ ބަޓަރ ބޭނުން ކުރުމުން މި ތެތްކަން އަނބުރައި ގެނެސްދެއެވެ. އަދި ޖައްވުގައްޔާއި ފެނުގައި ހުންނަ އިސްތަށިގަނޑަށް ގެއްލުންދޭ ބާވަތްތަކުން އިސްތަށިގަނޑު ސަލާމަތް ކޮށްދެއެވެ. އަދި އިރުގެ ދޯދިންވެސް އިސްތަށިގަނޑު ރައްކާތެރި ކޮށްދެއެވެ. އޭގެ އިތުރުން އާތްވާއި ޖައްވުގައި ހުންނަ ތަކެތީގެ ސަބަބުން ހަލާކުވާ އިސްތަށިތަކަށް ފަރުވާ ލިބެއެވެ.

ގްދްރަތީ ކޮންޑިޝަަނަރ އެއް: 

އިސްތަށި ފޭބުން ހުއްޓުވުމާއި ހަލާކުވެފައި ހުންނަ އިސްތަށި ތަކަށް ފަރުވާ ލިބުމުގެ އިތުރުން ގުދްރަތީ ކޮންޑިޝަނަރ އެއްގެ ގޮތުގައި ވެސް ޝޭ ބަޓަރ ބޭނުން ކުރެވިދާނެއެވެ. ޝޭ ބަޓަރ ގައި ހުންނަ ވިޓަމިން އޭ އާއި އީ އިން އިސްތަށީގެ ކޮޅުން ފެށިގެން މުލާއި ހަމައަށް މޮއިސްޗަރައިޒް ކޮށްދެއެވެ.

ބޮލުގެ ނާށިގަނޑު ހިރުވުން ހުއްޓުވައިދޭ: 

ބޯ ހިރުވައި ހަންފޮޅޭ ނަމަ އެކަމަށް ވެސް އެންމެ ރަނގަޅު ފަރުވާ  އަކީ ޝޭ ބަޓަރ އެވެ. ޝޭ ގއި ހުންނަ ފެޓް އާއި ފަރުވަ އެހެން މާއްދާ ތަކަކީ އިސްތަށި ވަޅު ސާފުކޮށް ބަހައްތައިދެއެވެ. މީގެ ސަބަބުން ހަން ފޮޅުމާއި ހިރުވުން ހުއްޓުވައިދެއެވެ.

އިސްތށިގަނޑުގައި ޝޭ ބަޓަރ ބޭނުންކުރާނެ ގޮތް:

އިސްތަށިގަނޑަށް ފަރުވަ ދިނުމަށްޓަކައި މެޒުމަތީ ސަމުސަލެއްގެ ޝޭ ބަޓަރ މިނެޓެއް ވަންދެން ހޫނު ކުރާށެވެ. ހިހޫ ވުމުން ބޮލުގެ ނާށިގަނޑުގައްޔާއި އިސްތަށިގަނޑުގައި އުނގުޅާށެވެ. އަދި ބައިގަނޑި އިރު ބެެހެއްޓުމަށް ފަހު އާދައިގެ ޝޭމްޕޫ އަކުން ދޮވެލާށެވެ.

ހަށިގަނޑަށް ޝޭ ބަޓަރ އިން ކުރާ ފައިދާ

ގައިގެ ހަންގަނޑަށް ލިބޭ ގެއްލުންތަކާއި ހަމުގެ ބައްޔަށް ވެސް ޝޭ ބަޓަރ ވަރެއް ނެތެވެ. ހަންގަނޑު ހަލާކުވެފައި ހުންނަ ތަންތަން އަދި މަދިރި ހަފާފައި ހުންނަ ތަންތަނާއި ރޭޝް ހުންނަ ތަންތަނުގައި ބަޓަރ އުނގުޅުމުން ދުޅަ މައިތިރިވެ ހަންގަނޑު ރަނގަޅުކޮށްދެއެވެ. އަދި ހަށިގަނޑުގެ މަސްތަކުގައި ރިއްސާ ނަަމަވެސް ރިއްސުން ރަނގަޅުވެ ތަދު ކަނޑުވައިދޭ ކަމަށް ވެއެވެ. އާތްރައިޓިސް ހުންނަ މީހުންނަށް ވެސް ޝޭ ބަޓަރ ބޭނުންކުރެވޭނެއެވެ. ހަށިގަނޑުގައި ހެދޭ ފާރުތައް ވެސް ރަނގަޅު ކޮށްދެއެވެ. އަދި ގައި ހިރުވުމާއި ސްޓްރެޗް މާކް ވެސް ފިލުވައި ދެއެވެ.

ރަނގަޅު ޝޭ ބަޓަރ އެއް ހޯދާނީ ކިހިނެއް

ޝޭ ބަޓަރ ގައި ވަރަށް ބޮޑަށް ސާފުކޮށް ރިފައިން ކޮށްފައި ހުންނަ ބަޓަރ އާއި ރިފައިން ނުކޮށް ހުންނަ ބަޓަރ ހުރެއެވެ. މީގެ ތެރެއިން ފައިދާ ބޮޑީ ރިފައިނ ނުކޮށް ހުންނަ ބަޓަރ ގައެވެ. އެހައި ބޮޑަށް ސާފު ނުކޮށ ހުރުމުގެ ސަބަބުން ރިފައިން ބަޓަރ އަށްވުރެ ވިޓަމިން އާއި އެހެނިހެން މާއްދާތައް ހުންނަ މިންވަރު އިތުރެވެ. ރިފައިނ ނުކުރަ ނުވަތަ ސާފު ނުކޮށް ހުންނަ ބަޓަރ ގިނައިން ވިއްކަން ހުންނަނީ ހަރުކޮސް ބަޓަރު ގަނޑު ގަނޑު ގޮތަށެވެ. ސާފުކޮށްފައި ހުންނަ ބަޓަރގައި ކެމިކަލް އާއި އެހެނިހެން ބާވަތްތައް އެއްކޮށްފއި ހުރެއެވެ. އަދި ކުލަ އަލިކުރުމަށްޓަކައި މި ބަޓަރ ހުންނަނީ ބްލީޗްކޮށްފައެވެ. ބަޓަރ ސާފު ކުރަން ބޭނުން ކުރާ ތަކެއްޗާއި ޕްރޮސެސް ގެ ސަބަބުން އޭަގައި ހުންނަ ގްދްރަތީ އަސަރު ކަނޑުވައިލައެވެ.

އެހެން ކަމުން ބަޓަރ ގަންނަ އިރު އެއިން ކުރަން ބޭނުންވާ ބޭނުމަށް ބަލައި ޝޭ ބަޓަރ ގަންނާށެވެ. އަދި އިތުބާރު ހިފޭ ކޮންޕެނީ އަކުން އުފައްދާ ނުވަރަ ބްރޭންޑެއްތޯ ޔަގީން ކޮށް ގަތުމުގެ ކުރީން ވަސް ބަލައި، އަތުގައި އުނގުޅައި، ޓެސްޓް ކުރާށެވެ.

ޝޭ ބަޓަރ އިން ދިމާވެދާނެ މައްސަލަތައް

ޝޭ ބަޓަރ އަކީ ގިނަ ފައިދާ ތަކެއް ލިއްބައިދޭ އެއްޗެއް ނަމަވެސް މައްސަލަތަކެއް ކުރިމަތި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަނގަނޑުގައި ރޭޝް ނަގައި، ބޮލުގައި ރިއްސައި، ބޯ އަނބުރައި ހޮޑުލެވޭ ގޮތް ވެސް ވެދާނެއެވެ. ޝޭ ބަޓަރ އަށް އެލާޖިކް ވުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ބަޓަރ ބޭނުން ކުރުމުން ހަނގަޑުގައި ރޭޝް ނަގައި، ހަނގަނޑު ހިރުވައި، ބޯ އަނބުރައި، ބޮލުގައި ރިއްސުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ބޭނުން ކުރުން ހުއްޓާލާށެވެ.

ޝޭ ބަޓަރ އަކީ ހަންގަނޑަށް ބޭނުންވާ ކާނާ ލިއްބައިދޭ އޭގައި ގިނަ ފައިދާ ތަކެއް ލިއްބައިދޭ ބާވަތެކެވެ. އަޖުމަ ބަލައިލަން ރަނގަޅު އުފެއްދުމެކެވެ.

މައުލޫމާތު: ހޯމް ރެމެޑީސް

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.