ޓްވިންކަލް ކަންނާގެ ތިންވަނަ ފޮތް 'ޕަޖާމާސް އާރ ފޮގިވިންގ' ގެ އިންތިޒާރުގައި ކިޔުންތެރީން

މިދިޔަ ހަފްތާގައި ޓުވިންކަލް ކަންނާ ވަނީ އޭނާގެ ތިންވަނަ ފޮތް ނިންމައި ފޮތުގެ ކަވަރު ކިޔުންތެރީންނާ ހިއްސާކޮށްފައެވެ. އުމުރުން 43 އަހަރުގެ ޓުވިންކަލް އަކީ ކޮލަމިސްޓެކެވެ. ޓުވިންކަލް ގިނައިން ލިޔަީ ހެއްވާ ލިޔުންތަކެވެ. އޭނާ މަޝްހޫރުވެފައިވަނީ 'ފަނީ ބޯންސް' ގެ ނަމުންނެވެ.

ފޮތުގެ ކަވަރ ފޮޓޯ އާއްމުކޮށްފައިވީ ނަަމަވެސް ފޮތުގެ ތަފްސީލެއް އޭނާ އަދި ހާމައެއް ނުކުރެއެވެ. މީގެ ކުރީން ޓުވިންކަލް ޝާއިއު ކުރި ދެފޮތަކީ 'މިސިޒް ފަނީ ބޯންސް' އާއި 'ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް' އެވެ. މި ދެފޮތަކީ ވެސް ވަރށް ކާމިޔާބު ދެފޮތެވެ. މިފަހަރު އޭނާ ލިޔުނީ ނާވިލެކެވެ. މިއީ އޭނާގެ ފުރަތަމަ ނާވިލެކެވެ. ކުރީގެ ެފޮތުގެ ޕޮޕިއުލަރިޓީއަށް ބަލާއިރު 'ޕަޖާމާސް އާރ ފޮގިވިންގ' އަކީ ވެސް ބެސްޓް ސެލަރ އަށް ވާނެ ކަމާމެދު އެނެލިސްޓުން ޝައްކެއް ނުކުރެއެވެ.

ޓުވިންކަލްގެ 'ޕަޖާމާސް އާރ ފޮގިވިންގ' ލިޔެ ނިންމައި އެކަން އޭނާ ހާމަކުރީ މިދިޔަ ޖޫން މަހު އެވެ. ފޮތް ލިޔަމުންދިޔަ އެކި މަރުހަލާތަކުގައި އޭނާވަނީ އެކި ކަހަލަ ހިންޓް އިންސްޓެގްރާމްގައި ޝެއަރ ކޮށްފައެވެ.

ބޮލިވުޑްގައި އެދެވޭ ކާމިޔާބެއް ނުލިބުނު ނަމަވެސް ޓުވިންކަލް ދަނީ ލިޔުންތެރިއްގެ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދަމުންނެވެ. މިއަހަރުގެ ކުރީކޮޅު އޭނާގެ ޕްރޮޑަކްޝަން ހަުއސް އިން އުފެއްދި މަޝްހޫރު ފިލްމް 'ޕެޑް މޭން' އަކީވެސް އޭނާގެ ވާހަކައެކެވެ. އެވާހަކަ ލިޔެފައިވަނީ 'ޕެޑް މޭން' ގެ ނަމަުން މަޝްހޫރުވެފައިވާ މީހަކު އިންޑިއާގެ އަންހެން ކުދީންނަށް އަތްފޯރާ ފަށަށް ޕެޑް ގެނެސްދޭން މީހަކު ކުރި މަސައްކަތުގެ ވާހަކައެވެ. މި ފިލްމު ޕްރޮމޯޓް ކުރަމުން ދިޔައިރު ފިލްމުގެ ލީޑް ރޯލު އެކްާތރު އަކްޝޭ ކުމާރް އާއި ސޯނަމް ކަޕޫރް އަދި ޓުވިންކަލް އިތުރު ކެޕްޕޭނެއް ކުރިއަށް ގެންދިޔައެވެ. އެއީ ޕެޑަކީ އަސާސީ ބޭނުމަކަށް ވާ އިު އެއިން ޓެކްސް ނެގުމާ ދެކޮޅަށް އެމީހުން ވަރަސް ބޮޑަށް ވަކާލަތު ކުރިއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންޑިއާ ސަރުކާރުންވަނީ ޕެޑުން ޖީ އެސްޓި ނެގުން ހުއްޓާލާފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.