ވޯލްޑް ކަޕްގައި ފީފާ އިން މަރަޑޯނާ އަށް ދުވާލަކު 10،000 ޕައުންޑް ޚަރަދު ކުރޭ

އާޖެންޓީނާ އާއި ނައިޖީރިއާ ކުޅުނު މެޗުގައި މަރަޑޯނާގެ އަމަލު ހުރި ގޮތުން އާޖެންޓީނާގެ ޓީމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އޭނާ އެ ދުވަހު ސްޓޭޑިއަމަށް ދިޔައީ ރާ ބޮއެ މަސްތުގެ ހާލުގައި ހުރެގެންނެވެ. އޭނާގެ ފަރާތުން ސްޓޭޑިއަމް ތެރޭގައި ބޭއަދަބީ ހަރަކާތްތަކާއި އިޝާރާތް ފެނެއެވެ.

ކުރީން އޭނާވަނީ ސައުތު ކޮރެއާގެ ސަޕޯޓަރުންނާ ދިމާއަށް ރޭސިސްޓު އިޝާރާތެއް ދައްކާފައެވެ. ނައިޖީރިއާ މެޗުގައި އޭނާވަނީ މެދު އިނގިލިން ނައިޖީރިއާ އަށް ސެލިއުޓްކޮށްފައެވެ.

މަރަޑޯނާގެ ފަރާތުން އެހާ ހުތުރު އަމަލު ތަކުރާރުކޮށް ފެންނަމުން ދާއިރުވެސް ރަޝިއާގައި މިހާރު ކުރިއަށްދާ މުބާރާތަށް އޭނާ ގެންދަން ފީފާ އިން ޚަރަދު ކުރަނީ ކީއްވެތޯ ނޫސްވެރީން ވަނީ ސުވާލު އުފައްދާފައެވެ. މަރަޑޯނާ މުބާރާތަށް ގެންދަން ފީފާ އިން ދުވާލަކު 10،000 ޕައުންޑް ޚަރަދު ކުރެއެވެ. މިއީ އޭނާގެ ހުރުމާއި ކެއުމާއި ދަތުރާއި އެހެން ހުރިހާ ކަމަކަށް ހިނގާ ޚަރަދެވެ.

ކުރީގެ މޮޅު ކުޅުންތެރީން މުބާރާތްތަކަށް ގެންދިއުމުގެ ފިކުރަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވިސްނުމެކެވެ. އޭގެ މަގްސަދަކީ މިހާރުގެ ޖީލަށް އެފަދަ ޝަޚްޞިއްޔަތުނުް ދެއްކުމާއި، އަދި ކުރީގެ މުހިއްމު ހަންދާންތައް އާ ކުރުމެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.