ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަދަލުދޭ ގޮތަށް، އައްޑޫސިޓީ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ކައިރިން ދައުލަތަށް ނަގާފައިވާ ގޯތިތައް އޭގެ ވެރިންނާ އަލުން ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު އޮންނާނެއެވެ.
މިއަދު ހަވީރު 4:00 ގައި އެ ރަސްމިއްޔާތު ބާއްވަނީ އައްޑޫސީތީ ހިތަދޫ ފުލެޓް ސަރަހައްދުގައެވެ. "މިއަދު އަޅުގަނޑުމެން މި ބާއްވަނީ ގޯތިތައް ހާވާލު ކުރަން ފެށުމުގެ ރަސްމިއްޔާތު. މިއަދު ހުރިހާ ގޯއްޗެއް ހަވާލެއް ނުކުރެވޭނެ. އެކަމަކު މި ރަސްމިއްޔާތުގައި ދެތިން ގޯއްޗެއް ހަވާލު ކުރެވިދާނެ،" ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޯތިތައް ދޫކުރާ ސަރަހައްދަށް ވަނުމަށް މަގުތައް ހެދުމާއި ގޯތިތަކުގެ އިން ވަކިކުރުމާއި މިހުރިހާ މަސައްކަތެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ސަރަހައްދުން ދޫކުރަންޖެހޭ 700 އެއްހާ ގޯތި ޖުލައިމަހުގެ ނިޔަލަށް އެއްކޮށް ދޫކޮށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ގޯތިތައް ޖުލައި 26 ގެ ކުރިން ހަވާލުކޮށް ނިންމަވާނެ ކަމަށެވެ.
މި ގޯތިތަކުގެ ވެރިންގެ އަތުން 2011 ވަނަ އަހަރު ގޯތި އަތުލައިފައިވަނީ ބަދަލު ދޭ ގޮތަށެވެ. އެހެންނަމަވެސް މިހާތަނަށް ބަދަލެއް ދެވިފައެއް ނުވާ ކަމަށް ހައުސިން މިނިސްޓްރީން ކުރިންވަނީ ވިދާޅުވެފައެވެ. އެ ގޯތިތައް ދައުލަތަށް އޭރު ނެގީ ކޮންވެންޝަން ސެންޓަރު އިމާރާތް ކުރެއްވުމަށެވެ.
Makaru veri revuntha. Mee hama jareemaa ei
Goathi dhin iruga furusathu dhinee Zuhair ge thimaage meehunaa gaa rattehin. Guruvathun ney kiyaafa hus olhuvaaluntha. Addu meehuna loluga hus adhun alhuvanee. Yaameen heekuranee Coordinator Zuhair akee PPM meehei kama. Mee yaameen faction ge bodu jareema hingaafavaa bodu vagei. Zuhair grand akee ves maumoon gei verikamuga STO pharmacy ga huregen negi vagu rufiyaa in alhaafa huri grand eikam mirashu emen dannaanei. Zuhair Addu gei bin vikai gen ves laari gadu Yaameen a dinuma deal hadhaafa vanee. Mee vara jareema hingaa meehei misarukaaraa gulhigen. Heeves nukuraa makaruveri heelatheru ei. Meena Yaameen loluga ves alhu vanee hus adhun.