'އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' ގެ 'ރާހުލް ގާނދީ' އާއި ޕްރިޔަންކާ ގާނދީ' ގެ ފުރަތަމަ ލުކް އާއްމުކޮށްފި

އަނޫޕަމް ޚޭރް، އަރްޖުން މާތޫރް، އަދި އާހަނާ ކުމާރް 'އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' ގެ ސެޓުގައި

'އެކްސިޑެންޓަލް ޕްރައިމް މިނސްޓަރ' ގައި ރާހުލް ގާނދީ އާއި ޕްރިޔަންކާ ގާނދީ ވަދްރާ ގެ ފުރަތަމަ ލުކް އަނޫޕަމް ޚޭރް އާއްމުކޮށްފިއެވެ. މީގެ ދުވަސްކޮޅެއް ކުރީން އަނޫޕަމް ވަނީ އަތަލް ބިހާރީ ވަޖްޕާއީ އާއި މަންމޯހަން ސިންގހް އަދި އެމަނިކުފާނުގައ އަނިބިކަނބަލުންގެ ބައި ކުޅޭ ތަރީންގެ ސްކްރީން ލުކް އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ. ފިލްމުގައި އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގހް ގެ ރޯލު ކުޅެނީ އަނޫޕަމް އެވެ.

ފިލްމުގައި ކޮންގްރެސް ރައީސްގެ ބައި ކުޅޭނީ އަރްޖުން މާތޫރް އެވެ. އަދި އޭނާގެ ދައްތަގެ ބައި ކުޅޭނީ އާހަނާ ކުމާރް އެވެ. އާހަނާ ވަނީ މީގެ ކުރީން 'ލިޕްސްޓިކް އަނޑަރ މައި ބުރްގާ' އާއި އަމީތާބް ބައްޗަން ގެ ޓީވީ ސިލްސިލާ، 'ޔޫދް' ގައި މަސައްކަތް ކޮށްފައެވެ. އަރްޖުން ވެސް ވަނީ މީގެ ކުރީން ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. އެފިލްމްތަކަކީ'އެންގްރީ އިނޑިއަން ގޮޑެސެސް' އާއި 'ބޫމީ' އާއި 'މައި ނޭމް އިޒް ޚަން' ފަދަ ފިލްމުތަކުގައި މަސައކަތް ކޮށްފައެވެ.

'އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' ގެ ސެޓުން ފޮޓޯ އާއްމުކުރަމުން އަނޫޕަމް ވަނީ ޝްރީ ރާހުލް ގާނދީ، އަރްޖުން މާތޫރް އަދި މިސް ޕްރިޔަންކާ ގާނދީ ގެ ބައި ކުޅޭ އާހަނާ ކުމާރް ތައާރަޕް ކޮށްފައެވެ. ރާހުލް ގާނދީ އާއި ޕްރިޔަންކާ ގާނދީ އަކީ އިންޑީއާގެ ކުރީގެ ބޮޑު ވަޒީރު ރާޖީވް ގާނދީގެ ދެބޭފުޅުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.