'ދަންގަލް' ގެ 2 ތަރީން ޖެކީ ޗޭން އާ އެކު

ޗައިނާގައި މިހާރު ކުރިއަށްދާ 'ޖެކީ ޗޭން އެކްޝަން މޫވް ވީކް' ފެށުމުގެ ރަސްމިއްޔާތުގައި ދަންގާލް ގެ ދެ ތަރީން ބައިވެރިވެއްޖެއެވެ. ސާންޔާ މަލޯތްރާ ރާއި ފާތިމާ ސަނާ ޝޭޚް ވަނީ މި ހަފްލާގައި ޖެކީ ޗޭން އާއެކު ނަގާފައިވާ ފޮޓޯތަކެއް އިނސްޓެގްރާމްގައި ހިއްސާކޮށްފައެވެ.

ދެތަރީންވެސް ފާހަގަކޮށްފައިވަ ގޮތުގައި ޗައިނާގެ ލެޖެންޑްރީ އެކްޓަރާ ބައްދަލުވުމުން ދެތަރީންވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި ޖެކީ ޗޭން އަކީ ވަރަށް ހިތްހެޔޮ މީހެެއް ކަމަށް ފާހަގަކޮށްފައިވެއެވެ. ސާންޔާ އާއި ފާތިމާ ގެ ޕޯސްޓުތަކުގައި ޖެކީ ޗޭންގެ ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެމީހުންނަށް ދައުވަތު ދިނުމުން އެނާއަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތަށް އިންތިޒާރު ކުރާ ކަމަށް ބުނެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.