އައިފާގެ އެންމެ ޝަރަފްވެރި އިނާމް މިއަހަރު އިރްފާން ޚާން އާއި ސްރީ ދޭވީ އަށް

ސްރީ ދޭވީ ގެ އިނާމާ ބޯނީ ކަޕޫރް ހަވާލުވަނީ. ފޮޓޯ: އިންސްޓެގްރާމް އިން

އިންޑިއަން އިންޓަރނޭޝަނަލް ފިލްމް އެވޯޑް، އައިފާ އިނާމް ހަފްލާ އާދީއްތަދުވަހުގެ ރޭ ބެންކޮކްގައި ބާއްވައިފިއެވެ. ރޭގެ ހަފްލާގައި އިރްފާން ޚާން އާއި ސްރީ ދޭވީ ވަނީ އައިފާގެ ޝަރަފުވެރި އިނާމު ދީފިއެވެ.

19ވަނަ އައިފާ އިނާމް ހަފްލާ ހުށަހަޅައިދިނީ ކަރަން ޖޯހަރް އާއި ރިތޭޝް ދޭޝްމުކް އެވެ. އެތައް ދުވަހަކަށް ފަހު ރޭކާގެ ޖަދުވީ ހުށަހެޅުމެއްވެސް ރޭގެ ހަފްލާގައި ފެނިގެން ދިޔައެވެ. ރޭކާގެ ހުށަހެޅުމަށް ބޮޑު ތަރުހީބެއް ލިބުނެވެ.

20 އަހަރަށްފަހު ރޭކާގެ ފުރަތަމަ ހުށަހެޅުން: 

ރޭކާ ގެ އިތުރުން ރަންބީރް އާއި ޝްރައްދާ ކަޕޫރް އާއި އަރޖުން ކަޕޫރްގެ ފޯރުގަދަ އައިޓމްތަކެއް ހުށަހަޅައިދިނެވެ.

އައިފާގެ އެންމެ މޮޅު އަންހެން ތަރީގެ އެވޯޑު ސްރީ ދޭވީއަށް ލިބުނީ  'މޮމް' އިންނެވެ. ސްރީ ދޭވީގެ އިނާމާ ހަވާލުވީ އޭނާގެ ފިރިމީހާ ބޯނީ ކަޕޫރް އެވެ. އެންމެ މޮޅު ފިރިހެން ތަރީގެ އިނާމް ލިބުނީ 'ހިންދީ މިޑިއަމް' ގައި އަދާ ކޯށްފައިވާ ރޯލަށް އިރްފާން ޚާން އަށެވެ. އިރްފާން ޚާން މިވަގުތު ދަނީ ލަންޑަންގެ ހޮސްޕިޓަލެއްގައި ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

އިންޑިއަން ސިނަމާއަށް އަގުނުކުރެވޭ ވަރުގެ ޚިދުމަތް ތަކެއް ކޮށްދީފައިވާތީ އާއި އަދި މިހާރު ވެސް ކުރަމުންދާނީ އަނޫޕަމް ޚޭރް އަށް ވެސް ޝަރަފްވެރި އިނާމެއް ދީފައިވެއެވެ.

 އަނޫޕަމް އިނާމާ ހަވާލުވަނީ:

ރޭގެ ހަފްލާއި ސްރީ ދޭވީ އާއި ޝަޝީ ކަޕޫރް މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަކަގޮށް އެދެތަރިންނަށް ބޮލީވުޑްގެ ފަރާތުން ތަހިއްޔާ އެއް އެރުވިއެވެ.

މިއަހަރުގެ އައިފާ އެޥޯޑުގެ އެނެމް މޮޅު ފިލްމުގެ އިނާމް ލިބިފައިވަނީ 'ތުމާރީ ސުލޫ' އަށެވެ. އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވިފައިވަނީ 'ހިންދީ މީޑިއަމް' ގެ ޑައިރެކްޓަރ ސަކޭތު ޗޯދަރީ އެވެ. ސަޕޯޓިން އެކްޓްރެސް އަކަށް ހޮވުނީ 'ސީކްރެޓް ސުޕަރސްޓަރ 'ގައި ޒާއިރާ ވަސީމްގެ މަންމަ ރޯލު ކުޅޭފައިވާ މެހެރް ވީޖް އަށެވެ.

މެހެރްވީޖް އިނާމާ ހަވާލުވަނީ:

އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރަކީ ނަވާޒުއްދީން ސިއްދީގީ އެވެ. އޭނަ އަށް އިނާމު ލިބިފައިވަނީ 'މޮމް' ގައި އަދާކޮށްފައި ރޯލަށެވެ.

ނަވާޒުއްދީން ސިއްދީގީ އަށް ރޭކާ އިނާމް ހަވާޅުކުރަނީ:

އެންމެ މޮޅު ވާހަކައިގެ އިނާމް ލިބުނީ  'ނިއުޓަން' ގެ ލިޔުންތެރިޔާ އަމީތް ވީ މަސޫކާރް އަށެވެ. މިއަހަރު އައިފާ 'ސްޓައިލް އައިކޯން އެވޯޑް' ލިބުނީ ކްރީތީ ސެނޯން އަށެވެ.

ކްރިތީ ސެނޮން 'ސްާަޓައިލް އައިކޯން އެވޯޑް' އާއެކު:

މިއަހަރުގެ ހަފްލާގައި މަޝްހޫރު ގިނަތަރިންތަކެއް ބައިވެރިވެފައި ނުވެއެވެ. ނަމަވެސް އަނިލް ކަޕޫރް އާއި ދިއާ މިރްޒާ އާއި ވަރުން ދަވަން އާއި ރަންބީރް ކަޕޫރް އާއި އަރްޖުން ކަޕޫރް ބައިވެރިވިއެވެ.

އެވޯޑް ހަފްލާ އާދީއްތަ ދުވަހު ބޭއްވިނަމަވެސް މިހަފްލާ ޓީވީ އިން ދުރަށް ދައްކާނީ އަންނަ ޖުލައި މަހު އެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.