ޒީސިނޭ އެވޯޑްސް 2019: ޕަދްމާވަތު، ސަންޖޫ އަދި ދަޅަކް އަށް ގިނަ އިނާމްތަކެއް

މިއަހަރުގެ ޒީސިނޭ އެވޯޑް ހަފްލާގައި ސަންޖޭ ލީލާ ބާންސާލީގެ 'ޕަދްމާވަތް' އާއި 'ސަންޖޫ' އަށް ޝަރަފްވެރި އިނާމްތަކެއް ލިބިއްޖެއެވެ. އަންގާރަ ދުވަހުގެ ރޭ މުމްބާއީގައި ބޭއްވި އިނާމް ހަފްލާގައި ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ބައިވެރިވިއެވެ. މި ހަފްލާ ހުށަހަޅައިދިނީ އަރަމުންން އަންނަ ކުޅަދާނަ ޒުވާން ތަރި ކަރްތިކް އާރްޔަން އާއި ވިކީ ކޮޝާލް އެވެ. މި ހަފްލާގައި ދާދި ފަހުން ކާވެނި ކުރި ރަންވީރް ސިންހް އާއި ދީޕިކާ ޕަދުކޯން އަދި ބޮލީވުޑްގައި މިހާރު އެންމެ ނަން ހިނގާ ދެ ލޯބިވެރީން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރް ސްޓޭޖް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން އެހެން ފަންނާނުންގެ މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ހަފްލާ ކުރިއަށް ދިޔަ ހަފްލާގައި އެންމެ މޮޅު ޑައިރެކްޓަރުގެ އިނާމު ލިބިފައިވަނީ 'ޕަދްމާވަތު' ގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބާންސާލީ އަށެވެ. ޕަދްމާވަތު އަކީ 2018ވަނަ އަހަރު އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމެވެ. އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވިފައިވަނީ ރާޖް ކުމާރް ހިރާނީގެ 'ސަންޖޫ' އިން ރަންބީރް ކަޕޫރަށެވެ.

https://www.instagram.com/p/BvMkIBJDZOc/

ބޮލީވުޑަށް އަލަށް ތައާރަފްވި ތަރީންގެ ތެރެއިން އެންމެ މޮޅު ތަރީންގެ އެވޯޑް ލިބިފައިވަނީ 'ދަޅަކް' ގެ ތަރީން ކަމުގައިވާ ޖާންވީ ކަޕޫރް އާއި އިޝާން ޓައްކަރް އަށެވެ. 'އަންދާދުން' ގައި އަދާ ކޮށްފައިވާ ރޯލަށް މަޝްހޫރް ތަރި އަޔުޝްމަން ކުރާނާ އަށް ވަނީ ޚާއްޞަ އެވޯޑެއް ދީފައެވެ. މި ފިލްމުން ތާބޫ އަށް ވެސް އިނާމު ލިބުނެވެ. އޭނާ އަށް ލިބުނީ އެންމެ މޮޅު ނެގެޓިވް ތަރީގެ އިނާމެވެ. މިއީ 2018ވަނަ އަހަރު ބެލުންތެރީންގެ މަގްބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ފިލްމެކެވެ.

ތިރީގައި މިވަނީ އިނާމް ލިސްޓެވެ.

އެންމެ މޮޅު ޑައިރެކްޓަރު: ސަންޖޭ ލީލާ ބަންސާލީ، ޕަދްމާވާތު

އެންމެ މޮޅު އަންހެން އެކްޓަރު: ދީޕިކާ ޕަޑުކޯން، ޕަދްމާވާތް

އެންމެ މޮޅު ފިރިހެން ތަރި: ރަންބީރް ކަޕޫރް، ސަންޖޫ

އެންމެ މޮޅު ފިރިހެން ތަރި (ބެލުންތެރީންގެ ހޮވުން): ރަންވީރް ސިންހް

އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރު: ވިކީ ކޮޝާލް، ސަންޖޫ

އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރު: ކަޓްރީނާ ކައިފް، ޒީރޯ

އާދަޔާ ޚިލާފަށް މޮޅު ކަމަށް ފާހަގަކުރެވުނު ތަރި: އަޔުޝްމަން ކުރާނާ

އަލަށް ތައާރަފްވި އެންމެ މޮޅު: ޖާންވީ ކަޕޫރް، ދަޅަކް

އިދި ރޯލަކުން އެންމެ މޮޅު އަންހެން ތަރި: ތާބޫ، އަންދާދުން

ހެއްވާ ރޯލަކުން އެންމެ މޮޅު ތަރި: ކަރްތިކް އާރްޔަން، ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ

އިންޑިއަން ސިނަމާއަށް އަށް އާދަޔާޚިލާފަށް މޮޅޫ އަދި ގިނަ ޚިދްމަތްކޮށްދީފައިވާ ތަރި: ހެމާ މާލިނީ

އިޖްތިމާއީ ބަދަލެއް ގެނުވި ތަރި: ސޯނަމް ކަޕޫރް

އެންމެ މޮޅު ފިރިހެން ޕްލޭބެކް ސިންގަރ: ޔާސިރް ދެސާއި، ނޭނޯ ނޭ ބަންދީ (ގޯލްޑް)

އެންމެ މޮޅު އަންހެން ޕްލޭބެކް ސިންގަރ: ވީބާ ސަރަފް ހަރްޝްދީޕް ކޯރް، ދިލްބަރީ (ރާޒީ)

އެންމެ މޮޅު ޑެބިއު ޑައިރެކްޓަރ: އަމަރް ކޯޝިކް، ސްޓްރީ

އެންމ މޮޅު ކޯރިއޮގްރެފީ: ގޫމަރް، ޕަދްމާވަތު

އެންމެ މޮޅު ޑައިލޮގް: ޕަންކަޖް ޓްރިޕަތީ، ސްޓްރީ

އެންމެ މޮޅު ވީއެފްއެކްސް: ޒީރޯ

އިނާމް ހަފްލާގައި ބައިވެރިވި ބައެއް ތަރީން:

 

https://www.instagram.com/p/BvMl3gADPIS/

https://www.instagram.com/p/BvMg7soD136/

https://www.instagram.com/p/BvMf1agDfqP/

https://www.instagram.com/p/BvMcUr1jwL1/

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.