މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޖެހި ލަނޑާއެކު ފްރާންސް މޮޅުވެއްޖެ

ވޯލްޑްކަޕް 2018 ގައި ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗު 2 ލަނޑު 1 ލަނޑުން ފްރާންސް ކާމިޔާބު ކޮށްފިއެވެ. މިއީ ވަރަށް ބޮޑު ތަފާތަކުން ފްރާންސް މޮޅު ވާނެ ކަމަށް ބެލެވުނު މެޗެކެވެ. އެކަމަކު އޮސްޓްރޭލިއާ ވަނީ ފްރާންސަށް ރަނޣަޅަށް ކުޅުނަ ނުދީ ހިފަހައްޓާފައެވެ. ވަކިވަކި ކލޫންތެރިން ފާހަގަކޮށްގެން ވަރަށް ރަނގަޅަށް އިސްޓްރޭލިއާ ދިފާޢީ ކުޅުމެއް ކުޅުނެވެ.

ފްރާންސް ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އެއީ މެޗުގެ 57 ވަނަ މިނިޓުގައެވެ. މި ޕެނަލްޓީ ލިބުނީ އޮސދްޓްރޭލިއާގެ ކުޅުން ތެރިއަކު ޕެނަލްޓީ އޭރިއާ ދެތެރެއިން ކުރި ކުށަކަށެވެ. އެންމެ ފުރަތަމަ ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ފަހުން ރިވިއު ބެލުމަށް ފަހު ޕެނަލްޓީއެއް ކަމަށް ކަނޑައެޅީއެވެ. މިއީ ވޯލްޑްކަޕްގެ ތާރީޚުގައި ރިވިއުއެއްގެ މައްޗަށް ރެފްރީގެ ނިޔާއެއް ބަދަލު ކުރި ފުރަތަމަ ފަހަރެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނބިޓު ފަހުން އޮސްޓްރޭލިއާވެސް، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ.

ފަހު ހާފުގައި ފްރާންސް ޓީމުން ބަދަލު ތަކެއް ގެނައުމަށް ފަހު ޓީމު ކުރިއށްވުރެ ބޮޑަށް ކުރިއަށް ޖެހިލައި ހަމަލާތައް ވަރުގަދަ ކުރަން ފެށިއެވެ. މޮޅުވީ ލަނޑު ފްރާންސުން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށެވެ. ލަނޑު ޖެހީ 81 ވަނަ މިނިޓުގައި ޕޮގްބާއެވެ. އޭނާ ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޮސް ޖެހުނީ ގޯލުގެ އެތެރޭގައެވެ. އެތެރޭގައި ޖެހިފައި ބޭރަށް ނުކުތް ނަމަވެސް މުޅި ބޯޅަ ގޯލުގެ އެތެރެއަށް ވަނެވެ. އެހެންވީމާ ރެފްރީ ނިންމީ އެއީ ލަނޑެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.