ރާނީގެ އަރިހުގައި މެގަން މާކެލް ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ޝާހީ ހަރަކާތް

ފޮޓޯ: ކެންސިންގޓަން ޕެލެސް ޓްވިޓަރ އިން. ބުރާސްފަތި ދުވަހު ރާނީ އެލިޒަބަތު އާއި ޑަޗެސް އޮފް ސަސެކްސް މެގަން މާކެލް ޝެޝަރ އަށް ކުރެއވި ދަތުރުފުޅުގެ ތެރެއިން.

މެގަން މާކެލް އާއި ކުއީން އެލިޒަބަތު ބައިވެރިވެވަޑައިގެން ޝާޙި ފުރަތަމަ ހަރަކާތަކީ ހަނދާނުން ފޮހެވޭ ވަރަށްވުރެ ޚާއްޞަ ހަރަކާތެކެވެ. ބުރާސްފަތި ދުވަހު ޑަޗެސް އޮފް ސަސެކްސް ވަނީ ރާނީ އަރިހުގައި އިނގިރޭސިވިލާތުގެ ޝެޝަރގައި އޮތް ޝާހީ ތިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތްތަކގެ ފޮޓޯތައް އިންޓަނެޓުގައި ދައުރުވަމުން ދާއިރު ރާނީ އާއި މެގަން އަކީ ވަރާސް ގާތް ޝާހީ ދެއެކުވެރިންކަން ހާމަވެއެވެ.

ޝާހީ ތަޖުރިބާކާރެއް ކަމަށްވާ ކޭޓީ ނިކޯލްވަނީ މިގުޅުމުގެ ވާޙަކަ ތަފްސީލު ކޮށްދެއްވާފައެވެ. ނިކޯލް ފާހަގަކުރައްވާ ގޮތުގައި މިއީ ރާނީ އާއި މެގަން ގިނިކަންޏާ ގަނޑޫވަރުން ބޭރުގައި ހޭދަކުރެއްވި ފުރަތަމަ ހަރަކާތެވެ. އަދި މި ހަރަކާތުން ޝާޙި އާއިލާއިން މެގަން ބަލައިގެންފައިވާ މިންވަރު ދޭހަވާކަމަށް އޭނާ ފާހަގަކުރައްވައެވެ. މި ނިކޯލް ވިދާޅުވާ ގޮތުގައި ހަރަކާތް ޚާއްޞަވާ ސަބަބަކީ ޝާހީ އާއިލާއަށް އަލަށް ގުޅިވަޑައިގަންނާވާ ބޭފުޅުންނާ އެކު ރާނީ އެލިޒަބަތު އެހައި އަވަހަށް ޝާޙި ހަރަކާތްތަކުގެ ތަމްރީނު ތަކުގައި މީގެ ކުރީޏް ބައިވެރިކުރައްވާފައިވާ ނުވާ ކަމެވެ.

އިތުރަށް އެވާހަކަ ތަފްސީލުކޮށް ދެއްވަމުން ނިކޯލް ވިދާޅުވެފައިވަނީ ވަލީ އަހުދު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް ވިލިއަމް މިފަދަ ހަރަކާތެއްގައި ބައިވެރި ކުރައްވާފައި ނުވެއެވެ. ރާނީ އަރިހު ކޭޓް ޝާހީ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންނުމަށްޓަކައި 9 މަސް ދުވަހު މަޑުކުރައްވަން ޖެހިވަޑައިގެންވިއެވެ. ދަތުރު ކުރެއްވީ އާދައިގެ ޓްރެއިން އެއްގައެވެ. މެގަން އަށް ރާނީ ދައުވަތު ދެއްވާފައި މިވަނީ ކައިވެންޏަށް އެއްމެ މަހެއްވެސް ނުވަނީހެވެ. މެގަން އާއި ރާނީ ދަތުރުފުޅު ކުރެއްވީ ޝާޙީ ރޭލުކޮޅޫގައެވެ.

ރާނީ އާއި މެގަންގެ ބޮޑީ ލެންގުއޭޖަށް ބަލައިލީމާވެސް ރާނީ އާއި މެގަން އާ ދެމެދު އޮތް ގާތް ގުޅުން ދޭހަވެއެވެ. ީގެ ކުރީން އާއްމު ތަންތަނުގައި ރާނީ ހިނިވަރުނަ ކުރައްވާތަން ފެނިފައިވައި ނުވާ ކަމަށް އެނަލިސްޓުން ދަނީ ފާހަގަ ކުރަމުންނެވެ. ޝާހީ ގަނޑުވަރާ ހަވާލާދެއްވައި ނިކޯލް ވިދާޅުވެފައިވަނީ މެގަން އަށް ދައުވަތު އެރުވީ ކުއީން އަމިއްލަފުޅަށެވެ. މި ހަރަކާތާ ގުޅިގެން މެގަން ފަޚުރުވެރިވާން ޖެހޭ އެހެްނ ސަބަބެއްވެސ ނިކޯލް ވަނީ ފާހގަކުރައްވާފައެވެ. މިއީ ރާނީ އަމިއްލަފުޅަށް މެގަން ޝާޙީ އާއިލާއަށް ހަނުއްވައި ތަމްރީނު ދެއްވުމަށް އިސްނެންގެވި އިސްނެންގެވުމެކެވެ.

ހެޜި އާއެކު ބައިވެރިވެ ވަޑައިގަންނަވާ ހަރަކާތްތަކުގައި މެގަން ފެނިފައިވާ ގޮތާއި މިހަރަކާތުގެ ތެރެއިން މެގަން ފެނިފައިވަ ގޮތް ތަފާތެވެ. ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން މޫނުފުޅުމަތީން ފާޅުވާ ކަމަށް ނިކޯލް ވިދާޅުވެފައިވެއެވެ. މިދަތުރުގައި މެގަން އަށް އެހީތެރިކަން ފޯރުކޮށްދެއްވީ ރާނީގެ ޕްރައިވެޓް ސެކެޓްރީ ސަމަންތާ ކޯހެން އެވެ. މިވަގުތު ކޯހެން ހުންނެވީ ހެރީ އާއި މެގަންގެ އޮފީސް ހިންގެވުމާ ހަވާލުވެއެވެ. މިފަދަ ހަރަކާތަކަށް މެގަން އަށް މަގުދައްކައިދޭން އެނެމް ރަނގަޅު ފަރާތަކީ ކޯހެން ކަމަށް އެނަލިސްޓުން ދެކެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.