ބޭނުންވާނެ ތަކެތި:
1 ޖޯޑު ފުށް
މޭޒުމަތީ ސަމުސަލެއްގެ ކެޑްބަރީ ކޮކޮއާ
ސައި ސަމުސަލެއްގެ ފޮނިތޮށި
ބައި ޖޯޑު ބްރައުން ޝުގަރ
ބައި ޖޯޑު ޑެސިކޭޓެޑް ކާށި
125 ގުރާމް ބަޓަރު
ދެ ދަޅު ގެރި ކިރު
ބައި ޖޯޑު ސިރަޕް
80 ގުރާމް ބަޓަރު (އިތުރަށް ބޭނުންވާ)
125 ގުރާމް ކެޑްބަރީ ޑާކް ޗޮކްލެޓް، ވިރުވާފައި
90 ގުރާމް ބަޓަރު
ތައްޔާރު ކުރާނެގޮތް:
ބޯތަށްޓަކަށް ފުށާއި ކޮކޮއާ އާއި ފޮނިތޮށި ފުރާނައި ކާށްޓާޢި ހަކުރު އެޅުމަށްފަހު ވިރުވާފައި ހުރި ބަޓަރު އެއްކުރާށެވެ. ދެން 28 ސެންޓިމީޓަރު 18 ސެންޓިމީޓަރު ޓްރޭއެއްގައި މާޖިރީން ނުވަތަ ބަޓަރު ހާކައި ޓްރޭގައި ފުށްގަނޑު ފަތުރާށެވެ. އަވަން 180 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރަމަށްފަހު 15 މިނިޓް ނުވަތަ 20 މިނިޓް ވަންދެން ފިހޭށެވެ.
އުންދުން މައްޗަށް ތަވައެއް އުދައި މަޑުގިނީގައި ބަހައްޓައިގެން ގެރި ކިރާއި ސިރަޕާއި 80 ގުރާމު ބަޓަރު ވިރުވާށެވެ. ރަނގަޅަށް ވިރުމުން ފިހެފައި ހުރި ބޭސްގެ މައްޗަށް އޮއްސާލާށެވެ. އަނެއްކާވެސް އަވަނުގެ ހޫނު މިން 180 ޑިގްރީ ސެލްސިއަސްގައި ބަހައްޓައިގެން 20 މިނިތް ވަންދެން ފިހޭށެވެ. އަދި އަވަނުން ނަގައި ހިހޫ ކުރާށެވެ.
ޗޮކްލެޓާއި 90 ގުރާމް ބަޓަރު ބޯތަށްޓަކަށް އަޅައި ހޫނުފެން އެއްޗެއްގެ ތެރޭގައި ބަހައްޓައިގެން ވިރުވުމުަށްފަހު ބޭސް ހިހޫ ވުމުން އޭގެ މަތީގައި ޗޮކްލެޓް ފަތުރާށެވެ. އަދި ވައިނުވަންނަ ގޮތަށް ބަންދު ކުރުމަށްފަހު ފުރިޖުގައި ބަހައްޓައިގެން ފިނި ކުރާށެވެ. ރަނގަޅަށް ފިނިވެ ޗޮކްލެޓް ސިރަޕް ހަރުވުމުން ކާން ނަގާށެވެ.