ވޯޓަރސް ލިސްޓް ވާންޖެހޭނީ އީސީގެ އެއްޗަކަށް: ޝިފާޒު

މިދިޔަ އާދީއްތަ ދުވަހު އާންމުކޮށްފައިވާ ވޯޓަރސް ލިސްޓަކީ ޑިޕާޓުމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގައި އޮތް ލިސްޓްކަމަށާއި އޭގެ ބަދަލުގައި އެވާންޖެހޭނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމިއްލައަށް އެކުލަވާލައި އާންމުކުރާ އެއްޗަކަށް ކަމަށް އެމްޑީޕީގެ ނާއިބު ރައީސް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ނެޝަނަލް ރަޖިސްޓްރީގެ ލިސްޓަށް އިސްލާހު ހުށަހަޅަން ހުޅުވާލުމުން އެއިން ދޭހަކޮށްދެނީ އިލެޝަންސް ކޮމިޝަންގެ މިނިވަންކަމެއްނެތްކަން ކަމަށެވެ.

"ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ތަނެއް. އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި ދެމިއޮންނަންޖެހޭ ތަނެއް. އެހެންވީމާ އިލެކްޝަނުން އަމަލުކުރަން ޖެހޭގޮތަކީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރީން މައުލޫމާތު ހޯދައިގެން އަމިއްލަ ލިސްޓެއް އެކުލަވާލައި އެ އާންމުކުރުން. އޭރުން އެ ސައްހަވަނީ ވެސް،" ޝިފާޒު ވިދާޅުވިއެވެ. މިކުންފުނިން އިލްތިމާސް ކުރަމެވެ.

ޝިފާޒު ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާތަނަކަށްވެފައި ސީދާ އެތަނުގައި އޮތް ލިސްޓަކީ ވޯޓަރސް ލިސްޓު ކަމަށް ނިންމައި އެ އިއުލާން ކުރުމުން އެއިން ދޭހަކޮށްދެނީ އިލެކްޝަންސް ކޮމިޝަނަކީ ހޯމް މިނިސްޓްރީގެ "ގޮތްޕެއް" ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.