އާފަތިސް ރޯދަ ބަދިގެ: ކާސްލް ޕުޑިންގ

ކާސްލް ޕުޑީންގ

ބޭނުންވާނެ ތަކެތި:

½ ޖޯޑު ބަޓަރު                                 1 ޖޯޑު ސެލްފް ރެއިޒިން ފުށް

1 ޖޯޑު ހަކުރު                                 1 މޭޒުމަތީ ސަމުސާ ކިރު

2 ބިސް، ރަނގަޅަށް ގިރާފައި                        3 މޭޒުމަތީ ސަމުސާ އާފަލު ޕޫރީ

½ ސައިސަމުސާ ވެނީލާ އެސެންސް                    2 އައުންސް ރެއިޒިންސް

ސްޓްރޯބެރީ ގްލޭޒް އަށް ބޭނުންވާނެ ތަކެތި:

2 ޖޯޑު ޕައިންޓް ފެން                             2 ސައިސމަުސާ އެރޯރޫޓް

½1 މޭަޒުމަތީ ސަމުސާ ހަކުރު                        1 މޭޒުމަތީ ސަމުސާ ސްޓްރޯބެރީ ޖޭމް

ރަތް ކުލަ

ތައްޔާރު ކުރާނެ ގޮތް:

ހަކުރާއި ބަޓަރު މިކްސަރުން ރަނގަޅަށް އެއްކުރާށެވެ. ފަހަރަކު ބިހެއް އޭގެ ތެރެއަށް އަޅާށެވެ. ފުށާއި ކިރު އަދި އާފަލު ޕޫރީ އާއި ރެއިޒިންސް އަޅައި އެއްކުރާށެވެ. ކުދި 8 ނުވަތަ 9 ތަށްޓަށް އަޅައި ތެޔޮ ކަރުދާހުން މަތި ބަންދުކުރާށެވެ. ކަރުދާހުގެ ބަދަލުގައި ފޮއިލް ވެސްބޭނުންކުރެވިދާނެއެވެ. ބައި ގަޑި އިރު ނުވަތަ 40 މިނިޓް ވަންދެން އާވިން ކައްކާށެވެ. ދެން ބަތް ކާ ތަށްޓަކަށް ފުށުން ޖަހާށެވެ. ޕުޑިންގެ މައްޗަށް ސްޓްރޯބެރީ ގްލޭޒް އަޅައި ސާވް ކުރާށެވެ.

އާފަލު ޕޫރީ އަށް ބޭނުންވާނެ ތަކެތި:

2 އާފަލު، އޮށް ނަގައި ފޮތިކޮށްފައި

3 މޭޒުމަތީ ސަމުސާ ހަކުރު

2 މޭޒުމަތީ ސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

ތައްޔާރު ކުރާނެ ގޮތް:

ފޮތިކޮށްފައި ހުރި އާފަލު ލުނބޯ ހުތާއި ހަކުރު އަޅައިގެން މަޑު ގިނީގައި ކައްކާށެވެ. ދެން އޭގެ ތެރެއަށް ފެން ފޮދު އަޅައި އާފަލު ފޮތި ތައް މަޑުވަންދެން ކައްކާށެވެ.

ސްޓްރޯބެރީ ގްލޭޒް ތައްޔާރު ކުރާނެ ގޮތް:

މޭޒުމަތީ ސަމުސަލުގެ 1 ސަމުސާ ފެން އަޅައިގެން އެރޯރޫޓް ގިރާލާށެވެ. ދެން ބާކީ ހުރި ފެންފޮދު އެއްކުރުމަށް ފަހު ކައްކާށެވެ. ހަކުރާއި ސްޓްރޯބެރީ ޖާމް އަދި ކުލަ އަޅައިގެން 3 ނުވަތަ 4 މިނިޓް ކައްކާލާށެވެ. އުނދުން މަތީން ބޭލުމަށްފަހު ކުޑަކޮށް ހިހޫ ވެލީމާ ޕުޑިންގެ މައްޗަށް އަޅައި ސާވްކުރާށެވެ. މިއީ ވެސް ވަރަށް ޚަރަދު ކުޑަކޮށްގޭގައި ތައްޔާރު ކޮށްލެވިދާނެ ރެސިޕީ އެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.