އާފަތިސް ރޯދަ ބަދިގެ: އޯރިއޯ މޫސް

ބޭނުންވާނެ ތަކެތި:

9 އޯރިއޯ ބިސްކޯދު

ޖޯޑެއްގެ ވިޕް ކްރީމް

ބައި ޖޯޑު ވައިޓް ޗޮކްލެޓް

ތައްޔާރު ކުރާނެ ގޮތް:

ބޯތަށްޓަކަަށް ވައިޓް ޗޮކްލެޓް ފުނޑު ކުރާށެވެ. މަޑު ގިނީގައި ޗޮކްލެޓް ވިރުވާށެވެ.

މިކްސަރަކުން ބިސްކޯދު ހިމުންކޮށް މުގުރާށެވެ.

ކްރީމް އާއި ޗޮކްލެޓް ގަނޑުކުރާބައިގައި 15 މިނިޓް ވަންދެން ބަހައްޓާށެވެ. 15 މިނިޓް ވުމުން ފުރިޖުން ނަގައި މިކްސަރަަށް ވިޕިންގ ކްރީމް އަޅައި މެދުމިނުގައި ދެ މިނޓް ވަންދެން އެއްކުރާށެވެ. އެއަށްފަހު ބާރު ސްޕީޑުގައި ތިން މިނިޓް އެއްކުރާށެވެ.

ދެން ވިރުވާފައި ހުރި ޗޮކްލެޓާއި އޯރިއޯ މިކްްސްޗަރު ވިޕް ކުރި ކްރީމްގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކުރާށެވެ.  

ޑެޒަރޓް ތަށްޓަށް ނުވަތަ ޖޯޑަށް އަޅާށެވެ. ދެން މަތީގައި ފޮއިލް އަޅައި ބަންދުކޮށް 5 ގަޑި އިރު ނުވަތަ 6 ގަޑި އިރު ވަންފެން ފުރިޖުގައި ބަހައްޓާށެވެ.

ސާވް ކުރާއިރު މައްޗަށް ޗޮކްލެޓް ސިރަޕް ނުވަތަ ގާނާފައި ހުރި ޗޮކްލެޓް ނުވަތަ ނަޓްސް ވެސް އެޅިދާނެއެވެ.  

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.