ބޭނުންވާނެ ތަކެތި:
3 ޗިކެން ބްރެސްޓް، 1 ސެންޓިމީޓަރަށް ކޮށާފައި
މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ އޮލިވް އޮއިލް
ލޮނު
އަސޭމިރުސް
މޭޒުމަޓި ސަމުސަލެއްގެ ބަޓަރު
2 ލީކްސް
ތައިމް
2 ބޭ ލީފް
150 ގުރާމް ބަޓްން މަޝްރޫމް
މޭޒުމަތީ ސަމުސަލެއްގެ މަސްޓަޑް ކްރީމް
މޭޒުމަތީ ސަމުސަލެއްގެ ފްރެޝް ކްރީމް
މޭޒުމަތީ ސަމުސަލެއްގެ ފުށް
350 މިލިލީޓަރ ޗިކެން ސްޓޮކް
ޕޭސްޓްރީ ޝީޓް
1 ބިސް
ނަޓް މެގެއް
ތައްޔާރު ކުރާނެ ގޮތް:
އުނދުން މައްޗަށް މެޓަލް ޓްރޭއެއް އުދައި އޮލިވް އޮއިލް ހޫނުކުރާށެވެ. ދެން ޓްރޭގެ ތެރެއަށް ކުކުޅާއި ލޮނާއި އަސޭމިރުހާއި ލޮނު އަޅައިގެން ކައްކާށެވެ.
ލީކްސް ކޮށައި ކުކުޅުގެ ތެރެއަށް ލީކްސް އާއި ބޭ ލީފް އަދި މަޝްރޫމް އަޅާށެވެ. ދެން އޭގެ ތެރެއަށް ނަޓް މެގްގެ ހަތަރުބައިކުޅަ އެއްބައި ގާނާށެވެ.
ޓްރޭއަށް ކްރީމް އާއި ފުށާއި މަސްޓަޑް ކްރީމް އާއި ޗިކެން ސްޓޮކް އެއްކުރާށެވެ. ސޯސްގަނޑު ކްރީމަށް ވަންދެން ކައްކާށެވެ.
ރަނގަޅަށް ކެކުމުން ޓްރޭގެ މަތީގައި ޕޭސްޓްރީ ޝީޓް ފަތުރައި ވައި ނުވަންނަ ގޮތަށް ބަންދުކުރާށެވެ. ޕޭސްޓްރީ ޝިޓްގައި ބިހުގެ ގޮބޮޅި ހާކާށެވެ.
200 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރުމަށްފަހު އަވަނަށް ލައި 15 މިނިޓް ވަންދެން ފިހޭށެވެ.
މިއީ ބައިގަޑި އިރުތެރޭގައި ތައްޔާރު ކުރެވިދާނެ ރެސިޕީ އެކެވެ.