ރައީސް ނަޝީދަށް ވާދަނުކުރެވޭނެ ސަބަބެއް ދެއްކިފައެއްނެތް: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެވެންވީ އެއްވެސް ސަބަބެއް އިލެކްޝަންސް ކޮމިޝަނަށް ދެއްކިފައި ނުވާ ކަމަށް އެޕާޓީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް ހުރަސް އަޅާ އެއްވެސް ގަވާއިދެއްވެސް ޕާޓީގައި ނެތްކަމަށެވެ. "އެހެންވީމާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ވާދަކުރެވޭނެ. ވާދަ ނުކުރެވެންވީ އެއްވެސް ސަބަބެއް އިލެކްޝަންސް ކޮމިޝަނަށް ދެއްކިފައެއްނެތް،" ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހަށް ޕާޓީން ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ޕާޓީގެ ތެރޭގައި ބާއްވާ މިފަދަ ޕްރައިމަރީތަކުގައިވެސް އެމަނިކުފާނަށް ބައިވެރި ނުވެވޭނެ ކަމަށެވެ. ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވާ ރައީސް ނަޝީދު ފަދަ ބޭފުޅަކު ބައިވެރިކޮށްގެން ބާއްވާ ޕްރައިމަރީއެއް ކެންސަލް ކޮށް ޕާޓީ އުވާލުމަށް ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ގެ އެންގެވުމާ ޚިލާފަށް އެމްޑީޕީން އަމަލު ކުރާކަމަށް ވާނަމަ ޕާޓީ އުވާލުމަށް ހައިކޯޓަށް ހަށަހެޅުއްވުމަކީ ކަށަވަރު ކަމެއް ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. ހުކުމެއް ތައެތެރޭގައި ބާއްވާ މިފަދަ ޕްރައިމަރީ ތަކުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވޭއެމްޑީޕީގެ އަސާސީ

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. evves usooleh qavaaidhakavvure evvesqavaaidheh qaanoonakavvure evvesqaanooneh QA avvure islaamee shareeathaai khilafakahnuhedbeyne ehekamun evves faraathakun hadhaaqavaaidheh qaanoonuasaasee aai khilaafunama khilaafu ibaeh e ee baath'ilechcheh nasheedhakee QA ge 109 vana maadhdhaage (Lh) adhi (K) gai as sharuthu univefaivaa faraatheh

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.